މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވޭ ވަރުގެ ސާބިތުކަމެއް އެއްވެސް ވެރިއެއްގެ ފަރާތަކުން ނުފެނޭ: އުމަރު

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހަމަޖެއްސުމަށް ބޭނުންވާ ސާބިތުކަމާއި ނުގުޑާ ފަދަ އަޒުމެއް އަދި އެއްވެސް ވެރިއެއްގެ ކިބައިން ނުފެންނަ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މަސްތުގެ ހާލަތުގައި އިން ޒުވާނަކު ވެސްޓް ޕާކު ސަރަހައްދު ޖެޓީ މަތިން މޫދަށް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއަކާ އެކު އުމަރު ނަސީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅައިގެން މެނުވީ، މި މުޖުތަމައު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ނުކުރެވޭނެ ކަމަށެވެ.
އަދި މާތްﷲ ގެ އިރާދަފުޅާއެކު އުމަރުގެ ވެރިކަމެއްގައި މަސްތުވާތަކެތީގެ މައްސަލަ ހަމަޖައްސާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
''ރާއްޖެއަށް ޑްރަގު އެތެރެކޮށް ވިއްކާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅައިގެން މެނުވީ، މި މުޖުތަމައު ޑްރަގުގެ ވަބާއިން ސަލާމަތް ނުކުރެވޭނެ. މި މައްސަލަ ހަމަޖެއްސުމަށް ބޭނުންވާ ސާބިތުކަމާއި ނުގުޑާ ފަދަ އަޒުމް އަދި އެއްވެސް ވެރިއެއްގެ ކިބައިން ނުފެނޭ. މާތްﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުގެ ވެރިކަމެއްގައި ޑްރަގުގެ މައްސަލަ ހަމަޖައްސާނަން.'' މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއާ އެކު އުމަރު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ