ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅަކު އަޔަން ކުރައްވައި މަޤާމުގެ ލިއުން ޙާވާލުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރައްވާފައިވަނީ ގދ.މަޑަވެލި، މޭނާ އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އެވެ.
އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު، ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިންނެވެ.
ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވައި، އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވި އެވެ. މަޙާޒު ޢަލީ ޒާހިރުއަށް ފަނޑިޔާރުކަމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޙްމަދު ޢަބްދުﷲދީދީ އެވެ.
އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރަށް މަޤާމުގެ ލިޔުން ހަވާލުކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ މެންދުރުފަހު ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ