ކަރަންޓު ސޯޓެއްވެ ރިސޯޓެއްގައި މީހަކު މަރުވެއްޖެ

ކަރަންޓު ސޯޓެއްވެ އިތާފުށި މޯލްޑިވްސް ގައި މީހަކު މަރުވެއްޖެއެވެ.
މައުލޫމާތު ލިބޭގޮތުގައި މަރުވެފައިވަނީ 41 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށެވެ.
އަދި މަރުވެފައިވާ މީހާގެ ހަށިގަނޑު މިހާރު މާލެ ގެނަސް އައިޖީއެމްއެޗަށް ގެންގޮސްފައިވާއިރު، އެމީހާއަކީ އިތާފުށި ރިސޯޓު ތަރައްގީކުރުމަށްޓަކައި އެރަށުގައި މަސައްކަތްކުރަމުންދާ އިންޑިޔާގެ ރައްޔިތެއް ކަމަށް މައުލޫމާތު ލިބެއެވެ.
އިތާފުއްޓަކީ ރާއްޖޭގައި ތަރައްގީކުރަމުން އަންނަ ރިސޯޓެކެވެ. އަދި މަސައްކަތް ނިންމާ އަންނަ އަހަރު ރިސޯޓު ހުޅުވުމަށް ތައްޔާރުވަމުންދާކަމަށްވެސް މައުލޫމާތުލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ