އައްޑޫގައި ހާއްސަ އެހީއަށް ބޭނުންވާ މީހާ ރޭޕްކުރި މައްސަލައާގުޅިގެން ދެމީހަކު ހައްޔަރު ކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕުކުރި، މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރު ކުރީ އިއްޔެ ހަވީރު ކަމަށެވެ.
އެއީ 30 އަަހަރުގެ މީހަކާއި 19 އަހަރުގެ މީހެއްް ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިއްޔެ ބުނީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ 48 އަހަރުގެ އަންހެނަކު ރޭޕްކޮށްފައިވާ މައްސަލައެއް ހުށަހަޅައިފައިވާ ކަމަށެވެ. އެ މައްސަލަ ތަހިގީގު ކުރަމުން އަންނަ ކަމަށްވެސް އިއްޔެ ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ