ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލްކުރަން ނިންމި ގާޒީ އިސްމާއިލް ރަޝީދު 60 ދުވަހަށް ސަސްޕެންޑުކުރަން ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން މިއަދު ނިންމައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރްސީގައި ހިންގި ހިޔާނާތުގައި އިސްކޮށް އުޅުއްވި އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހަތް ދައުވާއެއް އުފުލާފައިވަނިކޮށް އެދައުވާތައް ބާތިލްކުރަން، އެމައްސަލަ ބެއްލެވި ގާޒީ ނިންމެވުމާއެކު ޕްރޮސެކިއުޓަރ ހުސައިން ޝަމީމް ވަނީ ގާޒީގެ ސުލޫކީ މައްސަލައެއް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައެވެ. އޭގެ ފަހުން ޕީޖީއިން ވަނީ ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅުއްވާފައެވެ.
އިތުރު ތަފްސީލު އަންނަނީ...
އަދީބުގެ މައްސަލަ ބެއްލެވި ގާޒީ 60 ދުވަހަށް ސަސްޕެންޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ