ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ދެކުނުގެ އެކިހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ލަފާކޮށް، މެޓު އޮފީހުން ބުނެފައިވަނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަނޑިއަކު ފަސް މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގާ، ހުޅަނގު އުތުރުން ގަނޑިއަކު ހަތް މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެ އެވެ.
އަޟްހާ އީދު ބަންދާ ދިމާކޮށް އަތޮޅުތަކަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރަމުންދާތީ މާލެއިން ފުރާ ކަނޑުއުޅަނދު ފަހަރު މޫސުމަށް ސަލާލުވުމަށް އެމްއެންޑީއެފް އާއި ފުލުހުންވެސް ދަނީ އިލްތިމާސް ކުރަމުންނެވެ.
އަތޮޅުތަކަށް ފުރާ އުޅަނދުފަހަރު ބަލައި ފާސްކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސިފައިންނާއި ފުލުހުން ދަނީ އުޅަނދުތަކުގެ ސަލާމަތީ ކަންކަންވެސް ބަލައި ފާސްކުރަމުގެ މަސައްކަތް ވެސް ކުރަމުންނެެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނަށް މޫސުން ގޯސްވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ