ރާއްޖޭގައި ފާހިޝް އަމަލުތައް ގިނަވަމުން އަންނަ އިރު، ސަރުކާރު އޮތީ ކުޅިބަލާ މީހެއްގެ ސިފައިގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދަޅުވެއްޖެއެވެ.
ސަރުކާރަށް އަމާޒުކޮށް އުމަރު ފާޑުވިދާޅުވެފައި ވަނީ މިހާރު ރާއްޖޭގައި އެއްޖިއްސުން ގުޅުން ހިންގުމުގެ މައްސަލަތަކެއް ފެންމަތިވެފައި ވުމުން އެކަމާ ގުޅުވާފައެވެ. އުމަރު ވިދާޅުވީ، ލިވާތު ކުރުމަކީ ބޮޑުކަމެއް ނޫން ކަމަށް ދައްކާ، ރާއްޖޭގައި އެއްޖިއްސުން ގުޅުން ހިންގުން ފެތުރުމަށް ދަނީ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން މި މަސައްކަތުގައި، ރާއްޖޭގައި އޮފީސް ގާއިމް ކޮށްގެން ތިބެ މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމާއަތްތަކާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ ޖަމާއަތްތައް ވެސް ހިމެނޭ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
ކޮންމެ ގައުމެއްގައި ވެސް އެ ގައުމަކުން ގަބޫލުކުރާ ދީނީ އަދި އަހްލާގީ މިންގަޑުތަކެއް ހުންނާނެ ކަމަށާއި އެ މިންގަޑުތައް ދިފާއުކޮށް، އެ މިންގަޑުތައް ދެމެހެއްޓުމަކީ އެ ގައުމަކުން ކުރަން ޖެހޭނެ ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ. ރާއްޖޭގައި ގާއިމްކޮށްފައި ހުންނަ އޮފީހަކުން ނުވަތަ އެ އޮފީހުގައި ހުންނަ ފަރާތަކުން މިފަދަ ކަމަކަށް ހިތްވަރު ދީފިނަމަ އެ އޮފީހެއް ބަންދުކޮށް އެ މީހަކު ފޮނުވާލަންވާނެ ކަމަށް އުމަރު ވިދާޅުވިއެވެ. އޭނާ އެ ތުހުމަތު ކުރައްވަނީ ކޮން ޖަމާއަތަކަށް ކަމެއް ހާމައެއް ނުކުރައްވައެވެ.
ދިވެހިންގެ ތެރެއިން ބަޔަކު އެފަދަ އަމަލެއް ކޮށްފިނަމަ، ހައްޔަރުކޮށް ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންނަން ވާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. އެކަން ކުރީ 'ޝާހީ' އާއިލާ އަކުން ކަމަށް ވިޔަސް ދިވެހިންގެ ތެރޭގައި ފާހިޝް އަމަލުތައް ބޮޑުވުމުގެ ސަބަބުން ބަލިތައް ފެތުރުމާއި ރޭޕް ގިނަވުމާއި ހަށިވިއްކުމާއި ކުޑަކުދިންނާ މެދު ބަދު އަހްލާގީ އަމަލު ހިންގުން ފަދަ ކަންކަން ދަނީ އާންމު ވަމުން ކަމަށް އުމަރު ވިދާޅުވިއެވެ.
އެއްޖިއްސުން ގުޅުން ހިންގާތަން ފެންނަ ފޮޓޯތަކަކާއި ވީޑިއޯތަކެއް ސޯޝަލްމީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ގޮތުން އެއް ފޮޓޯއަކުން ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް ބުނާ މީޙަކާއި އިތުރު ފިރިހެނަކާއި އަންހެނަކު ބަރަހަނާ ހާލުގައި ތިވޭ ތަނެވެ.
ދެން ފެންނަނީ ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިއަކު ފިރިހެނަކާއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެކެވެ. މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކަމަށް ބުނާ މީހަކު ބަންގްލަދޭޝް ފިރިހެނަކާ އެކު އެއްކޮށް އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ވެސް ވަނީ ވައިރަލް ވެފައެވެ.
މި ފޮޓޯތަކާއި ވީޑިއޯތައް ލީކް ކޮށްލުމުން ގިނަ ބަޔަކު އަންނަނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ މީޙުން ހައްޔަރު ކުރުމަށް ގޮވާލަމުންނެވެ. އަދި އެ މީހުން ދޫކޮށްލާފައި ތިބުމަކީ މި ފަދަ ކުށްކުރާ މީހުންނަށް ލިބޭނެ ހިތްވަރެއް ކަމަށް ބުނެ މި ސަރުކާރަށް އަމާޒުކޮށް ގިނަ ބަޔަކު އަންނަނީ ފާޑު ވެސް ކިޔަމުންނެވެ.
ފާހިޝް އަމަލުތައް ގިނަވަމުން އަންނަ އިރު ސަރުކާރު އޮތީ ކުޅިބަލަަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ