ދަރަނބޫދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި

ފ. ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ. އެ މަޝްރޫއުގެ ދަށުން ކުރިން ފުންކޮށްފައިވާ ބަނދަރު އަލުން ފުން ކުރުމުގެ މަސައްކަތް ވެސް ކޮށްފައިވެއެވެ. ފ. ދަރަނބޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ފުންކޮށްފައިވަނީ 46،000 ކިއުބިކް މީޓަރުގެ ސަރަހައްދެކެވެ. ދަރަނބޫދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލުން -- ފޮޓޯ/ އެމްޓީސީސީ އެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމާއި ބޭރުތޮށި ލުމުގެ އިތުރުން ބަނދަރު ފުން ކުރުމުގެ މަސައްކަތް ވެސް ކޮށްފައިވެއެވެ. މީގެ އިތުރުން، 140 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ގްރޮއިން ޖެހުމާއި، 2641 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުން ވެސް ވަނީ ނިންމާފައެވެ. ދަރަނބޫދޫ ބަނދަރުގެ 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ބްރިޖެއް ހަދައި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ އަގަކީ 40.4 މިލިއަން ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ