ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަގަށް ނަގައި، ނިޒާމުން ގެއްލުވާލި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މިއަދު އޮންނާނެއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގެ ޝަރީއަތް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު ކަމަށާއި
މި މައްސަލަ ތިން ފަނޑިޔާރުންގެ ބެންޗަކުން ބެލުމަށް ހަމަޖެހިފައިވާއިރު މިއަދު އެ ޝަރީއަތް ކުރިޔަށްދާނީ ޖަސްޓިސް ބިލްޑިންގުގެ ތިރީ ހޯލްގައިކަމަށެވެ.
މި ޝަރީއަތްތަކަށް ނަޝީދު ވަޑައިގަންނަވާނެކަން ނުވަތަ ވަޑައިނުގަންނަވާނޭ ކަން ވެސް ވިދާޅުވެފައި ނުވާއިރު، އެމްޑީޕީގެ ވެބްސައިޓުގައި މިއަދު ލިޔެފައިވާ ޚަބަރެއްގައި ބުނެފައިވަނީ އެ ޕާޓީ އިން ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅަކަށް ކުރާ ދަތުރެއް މިއަދު ހަތަރެއް ޖަހާއިރު ފަށާނެ ކަމަށާއި އެ ދަތުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
މިއަދު ހަވީރު ހަތަރެއް ޖަހާއިރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ނަޝީދު ފުރައިވަޑައިގަންނަވާ ގޮތަށް ނިންމާފައިވާއިރު، މި ޝަރީއަތް ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާތީ ހުޅުމާލެ ކޯޓުން ވަނީ ނަޝީދު ހިމެނޭ ގޮތަށް އެ ދައުވާ ލިބޭ އެއްވެސް މީހެއް ރަށުން ބޭރަށް ފުރައިގެން ނުދިޔުމަށް ވެސް އަންގާފައެވެ.
ނަޝީދު ޝަރީއަތަށް ހާޒިރުނުވެ މިއަދު ހަވީރު ފުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ