ރިޔާސީ އިންތިޙާބުގެ ނަތީޖާއާއިއެކު ރައީސް ވަޙީދަށް ދުނިޔޭ ރިކޯޑެއް ލިބިއްޖެ

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ދައްކާގޮތުން ރައީސުލްޖުމްޙޫރިއްޔާ ޑރ.މުހައްމަދު ވަހީދަށް ދުނިޔޭގެ ރިކޯޑެއް ލިބިފައިވާކަމަށް އެމަނިކުފާނުގެ ވިކިޕީޑިޔާ ޕޭޖުގައި ބަޔާންކޮށްފިއެވެ.
މިމަހުގެ 7 ވަނަ ދުވަހު ނިމިގެންދިޔަ ރިޔާސީ އިންތިޙާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިޙާބުގައި ވޯޓުލީ 211890 މީހުންގެ ތރެއިން ޑރ.ވަހީދަށް ލިބިވަޑައިގެންނެވީ 5.13 އިންސައްތަ މީހުންގެ ވޯޓެވެ. އެއީ 10750 މީހުންގެ ވޯޓެވެ.
ރައީސުލްޖުމްޙޫރިއްޔާގެ މަޤާމުގައި ހުންނަވާ ރިޔާސީ އިންތިޙާބަކަށް ނިކުންނެވި ބޭފުޅަކަށް މިވަރުގެ އަދަދެއް ވޯޓުލިބުންމީ ފުރަތަމަ ފަހަރެވެ.
މިފަދައިން އެމަނިކުފާނުގެ ވިކިޕީޑިއާ ޕޭޖުގައި ވާއިރު ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައިވެސް ނަޝީދު ވިދާޅުވީ އިންތިހާބު ކާމިޔާބުކުރުމައް ދެއަރިއަށް ގާސިމް އާ ޔާމީނު ލައިގެންދަނިކޮން ވަހީދު ފަހަތުން އެލިގަތީމައި އިންތިހާބު އެއްބުރުން ކާމިޔާބު ނުކުރެވުނީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ