އަދާލަތު ޕާޓީއިން އިންތިޒާމު ކޮށްގެން އިދިކޮޅު ފަރާތްތަކުން މާދަމާ ބާއްވާ މުޒާހަރާއަށް ފަންޑު ނުކުރައްވާ ކަމަށް ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މާދަމާގެ މުޒާހަރާއަށް ފަންޑު ނުކުރައްވާ ކަމަށް ގާސިމް މިވިދާޅުވީ ކިތަންމެ ފޮރުވައިގެން ކުރިއަސް މުޒާހަރާ ބާއްވަނީ ގާސިމް ފަންޑުކޮށްގެން ކަމަށް ޓްއަރިޒަމް މިނިސްޓަރ އަހުމަދު އަދީބު މިއަދު ވިދާޅުވުމުން އެކަމަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.
ގާސިމްގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ "މާދަމާގެ ރެލީ އަކަށް އަޅުގަނޑު ފަނޑެއް ނުކުރަން. ޕީޕީއެމް އިން އަދީބު އެހައްދަވަނީ ކަނޑައެޅިގެން ދޮގެއް" ކަމަށެވެ.
މާދަމާގެ މުޒާހަރާއަށް ފަންޑެއް ނުކުރަން – ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ