ދުނިޔޭގައި ހައްދުފަހަނަ އަޅާފައިވާ އެންމެ ނުރައްކާތެރި ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އެޖަމާއަތުގެ އަމިއްލަ ފައިސާ ފޮތި އުފައްދަން ފަށައިފިއެވެ.
ހަބަރުތައް ބުނާ ގޮތުގައި އައިއެސް އިން އެޖަމާއަތަށް ހާއްސަ "އިސްލާމިކް ދީނާރު" ފައިސާ ފޮތި އުފައްދަން ފަށާފައިވަނީ ދާދި ފަހުންނެވެ.
ސިރިއާގައި ހަރަކާތްތެރިވާ އައިއެސްގެ އިދިކޮޅު އެކްޓިިވިސްޓަކު ކޮށްފައިވާ ޓްވީޓެއްގައި އެ ފައިސާ ފޮތިތައް ދައްކުވައިދޭ ފޮޓޯއެއް އެޓޭޗްކޮށްފައިވެއެވެ. ފޮޓޯގައި ތިން ބާވަތެއްގެ ފައިސާ ފޮތި ހިމެނެއެވެ. އެ ފޮޓޯއިން ފެންނަ ގޮތުން ފައިސާ ފޮތިތައް އުފައްދާފައިވަނީ ރަނުންނެވެ.
ފޮޓޯއިން ފެންނަ ފައިސާ ފޮއްޗެއްގެ އެއް ފުށުގެ މެދުގައި އަރަބި ބަސްކޮޅެއް ލިޔެފައިވާއިރު އަނެއް ފުށުގައި ހުންނަނީ ހަނޑޫ ގަހުގެ ކުރެހުމެކެވެ. އަދި އަނެއް ފައިސާ ފޮތީގައި ހުންނަނީ ހަމަ އަރަބި ބަސްކޮޅަކާއި ދުނިޔޭގެ ޗާޓެވެ. ތިން ވަނަ ފައިސާ ފޮތީގެ އެއްފުށުގައި ހުންނަނީ ހަނޑޫ ގަހުގެ މަންޒަރެކެވެ. އަނެއް ފުށުގައި ހުންނަނީ އަރަބި ބަސް ކޮޅެކެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މީގެން ކޮންމެ ފައިސާ ފޮއްޗެއްގެ އަގަކީ ޑޮލަރުން ބަލާނަމަ 139 ޑޮލަރެވެ. އަދި ޔޫރޯއިން ބަލާ ނަަމަ 89 ޔޫރޯ އެވެ.
އެ ފޮޓޯ ޓްވީޓް ކުރަމުން އެމީހާ ބުނެފައިވަނީ އެ ފައިސާ ފޮތިތައް ވިޔަފާރީގައި ބޭނުން ކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
ހަބަރުތައް ބުނާ ގޮތުގައި މި ފައިސާ ފޮތިތައް ޑިޒައިން ކޮށްފައިވަނީ އުސްމާން ގެފާނުގެ ޒަމާނުގައި ބޭނުން ކުރި ފައިސާ ފޮތިތައް އަސްލެއް ކަމަށް ބަލައިގެންނެވެ.
އެޖަމާއަތުން ފައިސާ ފޮތި ތައްޔާރު ކުރަން ފަށާފައިވާއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައި އެޖަމާއަތުން ވަނީ އެޖަމާއަތުގެ އަމިއްލަ ފައިސާ އުފައްދައި، ޗާޕް ކުރާނެ ކަމަށް ބުނެފައެވެ.
އައިއެސްއިން އަމިއްލަ ފައިސާ ފޮތި އުފައްދަން ފަަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ