މިއުސަމް އައްބާސް
ކ.ކާށިދޫ ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވިއިރު، އެދާއިރާއަށް ހަތަރު މީހަކު ކުރިމަތިލާފައިވާ ކަމަށް އިލެކްޝަނުން ބުނެފި އެވެ.
އިލެކްޝަނުން ބުނީ ކުރިމަތިލާފައިވާ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރެވޭނީ ނަންތައް އިއުލާން ކުރުމަށް ފަހު ކަމަށެވެ.
މިހާތަނަށް ކާށިދޫ ދާއިރާއަށް ކުރިމަތިލާނެ ކަމަށް ބޮޑު ތިން ޕާޓީއަކުން ވަނީ އިއުލާން ކޮށްފައެވެ. އެއީ އެމްޑީޕީގެ ފަރާތުން ދޮންބިލަތް އަހުމަދު ހަލީމާއި، ޖުމްހޫރީ ޕާޓީގެ ފަރާތުން ޖޭ ހޮޓެލްސްގެ ވެރިޔާ އަބުދުﷲ ޖާބިރާއި، ޕީޕީއެމްގެ ފަރާތުން މުހައްމަހު ވަހީދު އިބްރާހިމް (ލޯޔަރ ވައްޑޭ) ކުރިމަތިލާނެ ކަމަށް އެތިން ޕާޓީން ވަނީ އިއުލާން ކޮށްފައެވެ.
މީގެ ތެރެއިން މިދިޔަ މަހުގެ 23 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާގެ ޓްރޭޑް އެޑްވައިޒަރެއްގެ މަގާމަށް އަންޔަންކޮށްފައިވާ ޖާބިރު ވަނީ ކެމްޕޭނަށް ވަގުތު ހޯދުމުގެ ގޮތުން މަގާމުން އިސްތިއުފާދީފައެވެ. އަދި ދެވަނަ އެންމެ މީހުން ގިނަ ޑީއާރޕީން ވަނީ އޭނާއަށް ކާށިދޫގޮނޑި ހޯދައިދިނުމަށް މަސައްކަތްކޮށް ތާއީދު ކުރާނެ ކަމަށް އިއުލާން ކޮށްފައެވެ.
ކާށިދޫ ދާއިރާގެ ބައި އިލެކްޝަނަށް ހަތަރު މީހަކު ކުރިމަތިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ