ކުރެންދޫ ދާއިރާގެ މެމްބަރު އަހުމަދު މޫސަ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަންނަވައިފި

ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު އަދި ޅ ކުރެންދޫ ދާއިރާގެ މެމްބަރު އަހުމަދު މޫސާ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަންނަވައިފިއެވެ.
ޖުމްހޫރީ ޕާޓީންވަނީ އަހުމަދު މޫސާގެ އިސްތިއުފާގެ ސިޓީ އެޕާޓީއަށް ލިބިފައިވާކަން ސީއެންއެމްއަށް ކަށަވަރުކޮށްދީފައެވެ. އިސްތިއުފާއާއި ގުޅިގެން އަހުމަދު މޫސަ އެއްވެސް އެއްޗެއް ވިދާޅެއް ނުވިއެވެ.
ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި އަހުމަދު މޫސާ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓްތައް ސިއްރުކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމާއި އެޕާޓީގެ ޕީޖީ ގްރޫޕްގެ އިތުރު މެމްބަރުން ވޯޓް ދެއްވި މައްސަލާގައެވެ.
އިތުބާރު ނެތްކްމުގެ ވޯޓްތައް ސިއްރުކުރުމަށް ޤާސިމް ވޯޓްދެއްވުމުން ޖުމްހޫރީ ޕާޓީގެ ބައެއް އިސްވެރިންވެސް ގެންދަވަނީ ސޯޝަލް މީޑިއާގައި އެކަމާއި ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ