ޕާޓީ ބަދަލުކުރުމުގެ ވާހަކަ ދައްކާނެ އިތުރު ވަގުތެއް ނެތް: ކާނަލް ނަޝީދު

އެމްޑީޕީ ދޫކޮށް އެހެން ޕާޓީއަކަށް ބަދަލުވުމުގެ ހާވަކަތަކަށް ޖަވާބޭނެ އިތުރުވަގުތެއް ނެތްކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު، ކާނަލް ވިދާޅުވެއްޖެއެވެ.
ކާނަލް ޕީޕީއެމްއަށް ވަރަށް އަވަހަށް ސޮއިކުރައްވާނެކަމަށް ބުނެ ޕީޕީއެމްގެ ކައުންސިލް މެމްބަރަކާއި ހަވާލާދީ ބައެއް އޮންލައިން ނޫސްތަކުގައި އިއްޔެ ފަތުރާފައިވާ ހަބަރުތަކާއި ގުޅިގެން ކާނަލް ނެރުއްވި ބަޔަނެއްގައި ވިދާޅުވެފައިވަނީ އެއީ އެއްވެސް ހަގީގަތެއްނެތް ދޮގު ވަހަކަތަކެއްކަމަށެވެ.
"އަޅުގަނޑު އެމް.ޑީ ޕީ ދޫކޮށް އެހެންޕާރޓީއަކަށް ބަދަލުވާން އުޅޭ ކަމަށް ސޯޝަލް މީޑިޔާ އާއި ވިޝުވަލް މީޑިޔާގެ ބައެއް ޗެނެލް ތަކާއި އޮންލައިން ނޫސް ތަކުގައި ފަތުރަމުންދާ ޚަބަރުތަކަކީ އެއްވެސް ހަޤީޤަތެއް އަސާސެއް ނެތް ދޮގު ޚަބަރު ތަކެކެވެ" ކަނަލްގެ ބަޔާނުގައި ވެއެވެ.
އަދި މިއީ ކާނަލްގެ ޝަހުސިއްޔަތު ބަލިކަށިކޮށްލުމަށް ފަހަކަށް އައިސް ވާދަވެރި ފަރާތްތަކުން ކުރަމުން ގެންދާ ކަންތަތއްތަކުގެ ތެރެއިން އަމާޒުވި ހަމަލާއެއްކަމަށާއި މިފަދަ ހަޤީގަތެއް ނެތް ވާހަކަތަކުން ހިތްވަރު ބަލިކޮށެއް ނުލެވޭނެކަމަށްވެސް ކާނަލްގެ ބަޔާބުގައި ވެއެވެ.
އަދި މިވަގުތު އެމްޑީޕީގެ ހަރަކާތްތަކާއި ދުރުގައި ހުންނެވީ ޕާޓީގެ އިސްލީޑަރުންގެ ރުހުމާއި އެކު އަމިއްލަ ކަންކަނަމަށް ނަންގަވާފައިވާ ޗުއްޓީއެއްގައި ކަމަށްވެސް ކާނަލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ