އިއްޔެ ހަވީރު ޑިންގީއެއްގައި ފުރި މީހަކު ގެއްލިގެން ހޯދަން ފަށައިފި

ގދ. ފަރެސްމާތޮޑާއިން އިއްޔެ ހަވީރު ޑިންގީއެއްގައި ފުރި މީހަކު ގެއްލިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން ހޯދަންފަށައިފިއެވެ.
އެމްއެންޑީއެފުންބުނީ ޑިންގީއާއިއެކު ގެއްލިގެން ހޯދަމުން ގެންދަނީ ގދ.ފަރެސްމާތޮޑާ، ރޯޒީ ސައިޑް އުމުރުން 30 އަހަރުގެ މުޙައްމަދު ފަލާހް ކަމަށެވެ.
.ފަރެސް މާތޮޑާ ކައުންސިލާއި ޙަވާލާދެއްވައި ކޯސްޓްގާޑުން މަޢުލޫމާތު ދެއްވައެވެ. އަދި މީނާ ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓަކާއި އަދި ނޫކުލައިގެ ޝޯޓެއްކަމަށް ކޯސްޓްގާޑުން މަޢުލޫމާތު ދެއްވައެވެ.
ފަރެސްމާތޮޑާ ކައިރީގައި އޮންނަ އުހެހުއްޓާ ކިޔާ ފަޅުރަށަކުން އަކިރި ނަގައިގެން ފަރެސްމާތޮޑާއަށް ގޮސް، ދެވަނަ ފަހަރަށް ފުރިފަހުން އޭނާގެ ޚަބަރެއްނުވެގެން ފަރެސްމާތޮޑާ ކައުންސިލުން ރިޕޯޓްކޮށްފައިވަނީ ރޭ ގާތްގަނޑަކަށް 22:15 ހާއިރުކަމަށް އެމްއެންޑީއެފުންބުނެއެވެ.
އެޑިގީއަކީ 14 ފޫޓްގެ ގުރާފެހި ކުލައިގެ ދަވާދު ލާފައިވާ ޑިންގީއެއްކަމަށާއި އަދި މިޑިންގީ އެންމެ ފަހުން ފެނިފައި އިއްޔެ ހަވީރު 15:15 ހާއިރު ގދ.ވާދޫއާއި ދިމާލަށް ދަތުރުކޮށްފައި ދަނިކޮށްކަމަށްވެސް އެމްއެންޑީއެފުންވަނީ ބުނެފައެވެ.
އެއް ގަމާއި ވައިގެމަގުން ފަލާހް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދާއިރު އަދި އޭނާ ފެނިފައިނުވާކަމަށް އެމްއެންޑީއެފުންވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ