ހަވީރު ޔޫރޯ ގައިޑްގެ ނަސީބުވެރިއަކީ ތުއްތު ކުއްޖެއް

"ހަވީރު ޔޫރޯ ގައިޑް"ގެ ނަސީބުވެރިޔާ އަށް މުނި ހޯމްކެއާއިން ހުށަހަޅާފައިވާ އިނާމު ހަވާލުކޮށްފި އެވެ. ނިމިގެން ދިޔަ ޔޫރޯގައި "ހަވީރު"ން ނެރުނު ޔޫރޯ ގައިޑްގެ އެތެރެއަށް ލާފައިވާ ކޫޕަން ކޮޅު ފުރާފައި މުނި ހޯމް ކެއާއަށް ހުށަހަޅާފައިވާ ފަރާތްތަކަށް އެ ކުންފުނިން ހުށަހެޅި އިނާމަކީ 10،000ރ. ގެ އަގު ހުރި ބެޑްރޫމް ސެޓެކެވެ. މެލޭޝިޔާގެ، މެކްސިމީ ބްރޭންޑުގެ އަގުބޮޑު މި ބެޑްރޫމް ސެޓް ލިބިފައިވަނީ އުމުރުން ދެ އަހަރުގެ އަވްސް ޒިޔާދު މޫސާ، މ. ކެޕްރިކޯން، އަށެވެ. މި އިނާމާ ހަވާލުވީ އަވްސްގެ ބައްޕަ ޒިޔާދު އެވެ. އަވްސްގެ މަންމަ އައިމިނަތު ރަޝީދާ ބުނީ އޭނަގެ ދަރިފުޅަށް މި އިނާމު ލިބިފައިވަނީ ހައެއްކަ ކޫޕަން ލައިގެން ކަމަށެވެ. "އަޅުގަނޑުމެން މި އިނާމު ހޯދަން ލީ ހަ ކޫޕަން،" ރަޝީދާ ބުންޏެވެ. މުނި ހޯމްކެއާއިން ހަވީރު ޔޫރޯ ގައިޑުގެ ނަސީބު ވެރިޔާއަށް އިނާމު ހަވާލުކޮށްފައިވާއިރު، ރޯދަމަހާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް އެ ކުންފުނިން މިހާރު ކުރިއަށް އެބަ ގެންދެ އެވެ. އެންމެ ފުޅާ ދާއިރާއެއްގައި ފަރުނީޗަރު ވިއްކާ އެއް ފިހާރަ ކަމަށްވާ މުނި ހޯމްކެއާ އިން ކުރިއަށް ގެންދާ ޕްރޮމޯޝަންތަކުގައި ބޮޑު ޑިސްކައުންޓެއް ލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ