އައިޖީއެމްއެޗުން 31 މިލިއަން ރުފިޔާގެ ކަރަންޓް ބިލް ނުދައްކާ: ސްޓެލްކޯ

ދައުލަތުގެ އިދާރާތަކުން ސްޓެލްކޯއަށް ކަރަންޓް ބިލްގެ ގޮތުގައި 150 މިލިއަން ރުފިޔާ ނުދައްކާވާއިރު އެންމެ ބޮޑު ޢަދަދެއް ނުދައްކާވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްޗުންކަމަށް ސްޓެލްކޯއިންބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީއަށް ބިލްނުދައްކާ ބައެއް އިދާރާތަކާއި ސްޓެލްކޯ މިރޭވަނީ ހާޒިރުކޮށްފައެވެ. ސްޓެލްކޯއިންބުނީ އައިޖީއެމްއެޗުން 31 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ކަރަންޓް ބިލް މިހާތަނަށް ނުދައްކާ ހުރިކަމުގައެވެ.
ކަރަންޓް ބިލްތައް ނުދައްކާ ގިނަ ދުވަސްތަކެއް ވުމުން މި ހަފްތާގައި ސްޓެލްކޯއިންވަނީ ބައެއް އިދާރާތަކުގެ ކަރަންޓް ކަނޑާލުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ބިލްތައް ދައްކާނެކަމަށް ފިނޭންސް މިނިސްޓްރީން ލިއުމަކުން އެންގުމުން ސްޓެލްކޯއިންވަނީ ކަރަންޓް ކަނޑާލުން މަޑުޖައްސާލާފައެވެ.
ސީއެންއެމްއާއި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ ޗެއާރމަން އަހުމަދު ޝަރީފު ވިދާޅުވީ
ކަރަންޓު ބިލު ނުދައްކާތާ ގިނަ ދުވަސް ވެފައިވާ ސަރުކާރުގެ އޮފީސްތަކާއި އިދާރާތަކުން ކަރަންޓު ކަނޑާލުމަށް ސްޓެލްކޯގެ ބޯޑުން ނިންމީ ކުންފުންޏަށް ނޭވާ ނުލެވޭ ހިސާބަށް ކަންތައްތައް ދިއުމުން ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ