ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާގެ މައްސަލަ ބަލަމުން ދަނިކޮށް ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު ގާޒީ ކަމުން އިސްތިއުފާ ދެއްވައިފި އެވެ.
ނިހާޔަތު އިސްތިއުފާ ދެއްވާފައިވާ ކަން ވީނިއުސްއަށް ޔަގީންކުރެވިފައިވީ ނަަމަވެސް އިސްތިއުފާ ދެއްވި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ.
ނިހާޔަތުގެ މައްސަލައެއް ބަލަމުންދާ ކަން ޖޭއެސްސީ އިން ހާމަކުރީ މިދިޔަ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު އެވެ.
ޖޭއެސްސީގެ ވެބްސައިޓުގައި އެދުވަހު އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖޭއެސްސީއަށް ހުށަހެޅިފައިވާ ނިހާޔަތާ ގުޅުންހުރި މައްސަލައެއް ބަލަމުންދާތީ އޭނާ ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރެއްވުމަށް އަންގާފައިވާ ކަމަށެވެ.
ކޮމިޝަނުން މިގޮތަށް ނިންމީ ނިހާޔަތާ ގުޅޭގޮތުން ލިބިފައިވާ ޝަކުވާއާއި، އޭނާ ތަހުގީގަށް ދީފައިވާ ބަޔާނާއި، ޝަކުވާގެ ބާވަތަށާއި، މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބެލުމަށްފަހު ކަމުގައިވެސް ކޮމިޝަނުން ބުންޏެވެ.
ވީނިއުސްއަށް އެނގިފައިވާ ގޮތުގައި ނިހާޔަތު ސަސްޕެންޑްކުރީ ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ދައުވާކުރި ފަރާތުން ހާޒިރުނުވެގެން ބާތިލްކުރި ގަޒިއްޔާއެއް ކުރިއަށް ގެންދިޔަ ކަމަށް ބުނެ ނިހާޔަތާ ދެކޮޅަށް ޖޭއެސްސީއަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.
ގާޒީ ނިހާޔަތު އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ