ހޮރައިޒަން ފިޝަރީޒަށް އައީޑީބީން ދޭން ނިންމާފައިވާ ލޯނަށް ސަރުކާރުން ހުރަސް އަޅާފައިވާ ކަމަށް ގާސިމް ތުހުމަތު ކުރައްވައިފި

ގާސިމް އިބްރާހިމް ހިއްސާވާ، ހޮރައިޒަން ފިޝަރީޒަށް، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ދޭން ނިންމާފައިވާ ލޯނަށް ސަރުކާރުން ހުރަސް އަޅާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.ޖުމްހޫރީ ޕާޓީން ނަސަންދުރައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްވަމުން ގާސިމް ވިދާޅުވީ، މި ސަރުކާރަކީ ޒާތީ ގޮތުން ވަރަށް ބޮޑަށް މީހުންނާ ދިމާކޮށް ޖެއްސުން ކުރަމުންދާ ސަރުކާރެއް ކަމަށެވެ. ހޮރައިޒަން ފިޝަރީޒަށް އައިޑީބީން ދޭން ނިންމާފައިވާ ލޯނު ލިބުނަ ނުދިނުމަށް ހުރަސް އަޅާފައި ވަނީ ވެސް އެގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ."ހޮރައިޒަން ފިޝަރީޒަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ދޭން ނިންމާފައި އޮތް ލޯނެއް ނުދީ މި ލަސްކުރަމުން ދަނީ ސަރުކާރުން އަޅުގަނޑަށް ޖެއްސުން ކުރަން. އެއީ އަޅުގަނޑު އިސްލާހީ މަސައްކަތްތަކުގެ ވާހަކަ ދައްކާތީ. މި ގާނޫނު އަސާސީއާ އެއްގޮތަށް ކަންތައްތައް ކުރަން ވާހަކަ ދައްކަމުން ގެންދާތީ. ބަލަ އަޅުގަނޑު އޭނަ (ރައީސް ނަޝީދު) ހޮވަން މަސައްކަތް ކޮށްދިނީ، މި ގާނޫނީ ދުސްތޫރުގެ ތެރެއިން މަސައްކަތް ކުރަން" ގާސިމް ވިދާޅުވި އެވެ.ގާސިމް ވިދާޅުވީ އޭނާއަށް ސަރުކާރުން ހުރަސް އަޅާފައި ވަނީ، އޭނާގެ ހޮރައިޒަން އާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށެވެ.ގާސިމް އިޝާރާތް ކުރެއްވެވި ލޯނު ފައިސާގެ އަދަދެއް އޭނާ ވިދާޅެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ