ހަވީރު ނޫހުގައި ބަނގުރާގެ ބާވަތެއް އިސްތިހާރު ކޮށްފި

ލިޔުނީ: ހުސެއިން ހަބީބު19 މެއި 2010 ވަނަ ދުވަހުގެ ހަވީރު ނޫހުގައި ބަނގުރާގެ ބާވަތެއްކަމަށް ‘ޖެކްޑެނިއަލްސްގެ އޯލްޑް ނަންބަރ ސެވެން’ ބުރޭންޑް އިސްތިހާރު ކޮށްފިއެވެ.މިކަމާއިގުޅިގެން އެކިއެކި ފަރާތްތަކުން ނުރުހުން ފާޅުކުރަމުންދާ ކަމަށް ދިއިސްލާމްއަށް ވަނީ ޚަބަރުލިބިފއެވެ. އަދި މިކަމާއިގުޅިގެން ހަވީރު ނޫހަށް ގުޅާލުމުން ވިދާޅުވީ ‘ދެން އެނޫހުގައި މިޢިސްތިހާރު ޝާޢިކުރަމުންދާނީ މިއިސްތިހާރު ގައި ވާ ‘ވިސްކީ’ މިބަސް ކަނޑާލައިފައި’ ކަމުގައެވެ.ދިގު މިނުގައި 16 ސންޓިމީޓަރ ފުޅާ މިނުގައި 11 ސެންޓިމީޓަރގެ މިއިސްތިހާރަކީ ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޙިލާފަށް ކޮށްފައިވާ ޢަމަލެއްކަމުގައި، ރާއްޖޭގެ ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވަމުންދާ ފަރާތަކުން ދި-އިސްލާމަށް މަޢުލޫމާތު ދެއްވިއެވެ. މީގެ ކުރިންވެސް ހަވީރު ނޫހުންވަނީ މޫނު ބުރުގާއަށް މަލާމާތްކޮށް ކާޓޫނުކުރަހާ އެނޫހުގައި ޝާޢިކޮށްފައެވެ.‘ޖެކްޑެނިއަލްސްގެ އޯލްޑް ނަންބަރ ސެވެން’ ބުރޭންޑް އިސްތިހާރު ކުރުމާއި ގުޅިގެން ޢަދާލަތު ޕާޓީއިންވަނީ ނޫސްބަޔާނެއް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ