އިއްޔެ އަވަހާރަވި ފޮރިން މިނިސްޓްރީގެ މުވައްޒަފު އަދި ޑިޕްލޮމެޓް ލުޖައިނާ ތަސްމީންގެ ކުއްލި ވަކިވުމަކީ ހިތާމެއް ކަމަށާއި އޭނާއަކީ ގައުމަށް ހިދުމަތް ކުރުމުގެ ރޫހުގައި ކަމަށް ކަމޭ ހިތައިގެން މަސައްކަތް ކުރެއްވި ފަރާތެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފާހަގަކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ޝާހިދުގެ ފޮރިން މިނިސްޓަރުކަމުގައި 2021ގައި ފޮރިން ސާވިސްއާ ގުޅިވަޑައިގެންނެވި ލުޖައިނާ އަވަހަރާވެފައިވަނީ ޖަޕާނުގައި ހުއްޓަ އެވެ. އޭނާ ޖަޕާނަށް ވަޑައިގެންނެވީ އިންޓަނޭޝަލް ރިލޭޝަންސް ދާއިރާއިން މާސްޓާސް ހާސިލު ކުރެއްވުމަށެވެ. އިިއްޔެ ފޮރިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ލުޖައިނާ އަވަހަރާވިކަން ކަށަވަރުކޮށް، ތައުޒިޔާ ކިޔާފައިވެ އެވެ.
ރޭގެ ވަގުތެއްގައި ޝާހިދު ވެސް ވަނީ ތައުޒިޔާގެ މެސެޖެއް ޝޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
ބުނީ ކީކޭ؟ - ވަޒީރުކަމުގައި ހުންނެވި އިރު ލުޖައިނާގެ މަސައްކަތް ގާތުން ދެކެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގެންނެވިކަން ފާހަގަކުރައްވައި، ޝާހިދު ވިދާޅުވީ އޭނާއަކީ "ޓީމް ހާރިޖީގެ މުހިންމު ބައިވެރިއެއް" ކަމަށެވެ. އަދި ވަރަށް ހުނަވެރި، މަސައްކަތަށް ފަރުވާތެރި މުވައްޒަފެއްގެ ގޮތުގައި ފާހަގަކުރި އެވެ.
އެހާ ޒުވާން އުމުރުގައި ލުޖައިނާގެ މި ކުއްލި ވަކިކުވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި އޭނާ ދޫކޮށް އެދިޔީ ރަނގަޅު ނަމޫނާތަކެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
މި ހިތާވެރި ދަނޑިވަޅުގައި ލުޖައިނާގެ އާއިލާ އަށާއި ރަހުންމަތްތެރިންނަށް ތައުޒިޔާ ދަންނަވާ ކަމަށް ވެސް ޝާހިދުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ޒުވާން ޑިޕްލޮމެޓްގެ ކުއްލި ވަކިވުން: ދޫކޮށް އެ ދިޔައީ ހިވާގި ހިދުމަތުގެ ނަމޫނާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ