ރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށް ޓަކައި، ދަނޑުވެރިކަމާއި ބެހޭ ވުޒާރާ އިން ހިންގާ ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން ށ އަތޮޅުގެ ހަތަރު ރަށަކަށް ގަސް ފޮނުވައިފި އެވެ.
ރަށްރަށުގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށް ކައުންސިލްތަކުން ގަސް ފޯރުކޮށްދިނުމަށް އެ މިނިސްޓްރީ ގައި އަންނަނީ އެދެމުން ކަމަށާ ހަނިމާދޫގައި ހުންނަ އެ މިނިސްޓްރީގެ ސެންޓަރުން، އެ ރަށްތަކަށް ބޭނުންވާ މިންވަރަށް ގަސްތައް އަންނަނީ ފޯރުކޮށްދެމުން ކަމަށް ބުންޏެވެ. މި ގޮތުން މި މަހުގެ ތެރޭގައި ށ. އަތޮޅުގެ 4 ރަށަކަށް ޖުމްލަ 1159 ގަސް ވަނީ ފޯރުކޮށްދީފަ އެވެ.
ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން ގަސް، ފޮނުވައިފައިވާ ރަށްތަކަކީ ފުނަދޫ އާއި ޅައިމަގާއި ނަރުދޫ އާއި ބިލެތްފަހި އެވެ.
އެގޮތުން އެ ރަށްތަކަަށް ވަނީ ބަނބުކޭލާއި ޖަނބުރޯލާއި މުރަނގަ އާއި އަލަށް ގަސް ފޮނުވާފަ އެވެ.
ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ އެކި ރަށްތަކަށް ގަސްތައް ފޯރުކޮށްދެމުން އަންނައިރު، މި އަހަރުގެ ޖޫން މަހު ވަނީ ހަނިމާދޫ ކައުންސިލަށް ވެސް 50 ބަނބުކެޔޮގަސް ހަދިޔާކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން ށ އަތޮޅުގެ 4 ރަށަކަށް ހާހަކަށްވުރެ ގިނަ ގަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ