ރަންވީރާއި ޕްރަބާސްއަށް ބޮކްސް އޮފީހުގެ ބޮޑު ކުރިމަތިލުމެއް
ބޮލީވުޑްގެ އެންމެ މަގުބޫލު އެކްޓަރު ރަންވީރު ސިންގް އަދި ސައުތު ސިނަމާގެ އެންމެ އަގު ބޮޑު އެކްޓަރު ޕްރަބާސްއަށް ބޮކްސް އޮފީހުގެ ބޮޑު ކުރިމަތިލުމަކަށް ދާން ޖެހިއްޖެއެވެ. ރަންވީރުގެ ކުރިއަށް އޮތް ފިލްމު "ދުރަންދާރު" އަދި ޕްރަބާސްގެ އާ ފިލްމު "ދަ ރާޖާ ސާބް" އެއް ތާރީޚެއްގައި ރިލީޒްކުރުމަށް ނިންމުމާ ގުޅިގެން ދެ ތަރިންގެ މެދުގައ ބޮޑު ވާދަވެރިކަމެއް ވަނީ އުފެދިފައެވެ. ޕްރަބާސްގެ "ދަ ރާޖާ ސާބް" އަކީ ތެލުގޫ ފިލްމެއް ނަމަވެސް ހިންދީ ފިލްމުތަކަށް ލޯބިކުރާ އޯޑިއަންސްގެ މެދުގައި ސައުތު ސިނަމާގެ ފިލްމުތައް ވަނީ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. އެހެންކަމުން ޕްރަބާސް ފަދަ އެކްޓަރެއްގެ ފިލްމެއް ނުބަލާ ދޫކޮށްލުމަކީ މި އޯޑިއަންސަށް އެންމެ އިންސާފުވެރިކަމާ އެކު ނިންމިދާނެ ނިންމުމެއްތޯ މިއީ އުފެދޭ ސުވާލެކެވެ. އެކްޓަރު ރަންވީރު ސިންގް ފިލްމު "ދުރަންދާރު"ގެ މަންޒަރެއްގައި--ފޮޓޯ/އެންޑީޓީވީ ހަމައެއާއެކު ރަންވީރު ސިންގްގެ ފިލްމު "ދުރަންދާރު"ގެ ފުރަތަމަ ޓީޒާ މިހާރު ބެލުންތެރިންނަށް ދައްކާލާފައިވާއިރު މިއީ ވެސް ނުބަލާ ދޫކޮށްލެވޭ ވަރަށްވުރެ މާ ވަރުގަދަ ފިލްމެކެވެ. ފިލްމު "އުރީ: ދަ ސަޖިކަލް ސްޓްރައިކް"ގެ ޑައިރެކްޓަރު އަދިތިޔަ ދަރުގެ މި ފިލްމަކީ މި އަހަރު ސިނަމާތަކަށް އަންނާނެ ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ބޮލީވުޑް ފިލްމެވެ. މި ދެ ފިލްމު ވެސް ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހެވެ. މިއީ އިންޑިއާގެ އެންމެ ކާމިޔާބު ދެ އެކްޓަރުންގެ ތެރޭ ހިމެނޭ ތަރިން ލީޑް ރޯލްއިން ފެންނަ ދެ ފިލްމަށްވީ ނަމަވެސް އެއްވެސް ފިލްމެއް ރިލީޒްކުރާ ތާރީޚަށް ބަދަލެއް ގެނައިކަން މިހާތަނަށް އިއުލާނުކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ