ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ރަޝީދުބެ) ދާއިރާގެ ރައްޔިތުންނަށް ދެއްވާ އުމްރާ ދަތުރަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ކޮންމެ އަހަރަކު ދާއިރާގެ ދެ ރަށް ކަމަށްވާއި ނޮޅިވަރާމާއި، ނޮޅިވަރަންފަރުގެ ދެ ރަށުން ގުރުއަތުން ހޮވޭ 4 މީހަކު އުމްރާ އަށް ފޮނުވުމަކީ ރަޝީދުގެ ވަޢުދެކެވެ.
މި ވަޢުދުގެ ދަށުން މިއަހަރު އުމްރާއަށް ދިޔުމަށް ގުރުއަތުގައި ބައިވެރިވުމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ޚާއްޞަކޮށްފައިވާ ގޫގްލް ފޯމު މެދުވެރިކޮށް 21 ޖުލައި 2025 ވަނަ ދުވަހުގެ 00:00 ގެ ކުރިން ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
އުމްރާގެ ވައުދުގެ އިތުރުން ރަޝީދު ވަނީ ނޮޅިވަރަމް ދާއިރާ އަށް ގިނަ ވަޢުދުތަކެއް ވެފައެވެ. މީގެ ތެރޭގައި ދާއިރާގެ ދެ ރަށުގައި ކުލަގަދަކޮށް ޢީދު ފާހަގަކޮށްދިނުމާއި، ދާއިރާގެ ދެ ރަށުގައި ދީނީ ދަރުސް ދިނުމާއި އެހެނިހެން އިވެންޓްތައް ބޭއްވުމަށް ވަސީލަތް ގާއިމުކޮށްދީ، ދީނީ ދަރުސް ދިނުމާއި ދީނީ ރޫޙް ޢާާލާވާނެ އެކިއެކި މުބާރާތްތައް ހިންގުމާއި، ރަނގަޅު ފެންވަރުގެ ކުޅިވަރުކުޅޭ ތަންތަން ދެރަށުގައި ތަރައްގީކޮށްދީ އަތޮޅު ފެންވަރުގެ މުބާރާތްތައް ބާއްވައިދިނުން ހިމެނެއެވެ.
މީގެ އިތުރުން އިސްލާމީ ފަރާތްތަކާއި ގުޅިގެން ޢަރަބި އިސްލާމް ތަޢުލީމް ފޯރުކޮށްދިނުމާއި، ސްކޫލްގެ ކްލާސްރޫމްތައް އޭސީކޮށް ކޭމްޕިން އޭރިއާ ތަރައްގީކޮށް ދިނުމާއި، މޫދުކުޅިވަރުތައް ތަޢާރަފްކޮށް، ލޯކަލް ޓޫރިޒަމާއި ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމާއި، އިސްރަށްވެހިންގެ ދުވަހާއި އަންހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްދިނުމާއި، ރަނގަޅު ފެންވަރުގެ ޕްރީސްކޫލް އަޅައިދިނުން ހިމެނެއެވެ.
ދެރަށުގައި އޭޓީއެމް ބެހެއްޓުމަށް ބޭނުންވާ އިމާރާތް އަމިއްލަ ޚަރަދުގައި އަޅައިދީ އޭޓީއެމްގެ ޚިދުމަތް ފަށައިދިނުމާއި، އޮޑިއެހެލުމާއި މަރާމާތުކުރުމަށް ރަނގަޅު ވަސީލަތްތައް ގާއިމުކޮށްދިނުމާއި، އާސަންދަ ކަވަރުނުވާ ކަންކަމުގައި އެހީތެރިވެ، އިމަޖެންސީ ސިއްޚީ ކަންކަމުގައި އެހީތެރިވެ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓްކުރާ ބަލިމީހާގެ އެހީތެރިންނަށް ކުޅުދުއްފުށީގައި ހިލޭ ތިބެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމާއި، ދެ ރަށުގައި ޒުވާނުންގެ މަރުކަޒާއި އައުޓްޑޯ ޖިމް އަމިއްލަ ޚަރަދުގައި ގާއިމްކޮށްދިނުމާއި އެއްވެސް ރަށެއްގެ އެއްވެސް ރައްޔިތެއް ތަފާތުނުކުރުމަކީ ރަޝީދު ދާއިރާއަށް ވެފައިވާ ވައުދުތަކެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ނޮޅިވަރަމް ދާއިރާ މެމްބަރު ރަޝީދު ދެއްވާ އުމްރާ ދަތުރަށް ކުރިމަތިލުމަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ