ސުވިމިން އެސޯސިއޭޝަނާއި އައްޑޫ ސިޓީ ޕޮލިސް ގުޅިގެން ކުރިއަށް ގެންދާ ފަތަމާ ހިނގާ ޕްރޮގްރާމް މަރަދޫ ސްކޫލާއި އިރުޝާދިއްޔާ ސްކޫލު ގްރޭޑް 1ން 6 ގެ ދަރިވަރުންނަށް ފަށައިފިއެވެ.
ފުލުހުން ބުނީ މަރަދޫ ސްކޫލު ދަރިވަރުންނަށް މި ޕްރޮގްރާމް ފަށާފައިވަނީ މި ދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު ކަމަށެވެ. އިރުޝާދިއްޔާ ސްކޫލު ދަރިވަރުންނަށް ފަށާފައިވަނީ ޖޫން 30 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ޕްރޮގްރާމުގައި ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްދެއްވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަންގެ ‘’ފަތަމާ ހިނގާ ޕްރޮގްރާމް” އެމްބަސަޑާ ނައުފަލް މޫސާއެވެ.
މި ޕްރޮގްރާމުގައި 300 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާއިރުޔ ފުލުހުން ބުނީ މި ޕްރޮގްރާމަށް ބެލެނިވެރިން އަދި ދަރިވަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށެވެ.
މިއީ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން މި އަހަރުގެ ތެރޭގައި ސްކޫލް ދަރިވަރުންނަށް ހިންގުމަށް އެކްޓިވިޓީ ކަލަންޑަރުގައި ހިމެނިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އައްޑޫ ސިޓީގެ ހުރިހާ ސްކޫލެއްގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
މި އަހަރުގެ ކުރީކޮޅު ފަތަމާ ހިނގާ ޕްރޮގްރާމް އެންމެ ފުރަތަމަ ބާއްވާފައިވަނީ ފޭދޫ ސްކޫލު ދަރިވަރުންނަށެވެ. އެ ޕްރޮގްރާމުގައި 200 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެ، ފަތަން ދަސްކޮށްފައިވެއެވެ.
ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ތިނަދޫ މީހަކު ހޯދަނީ ފުވައްމުލަކު މީހަކު ގެއްލިގެން ހޯދަނީ އުފާވެރިކަމުގެ މިންގަނޑު އެކުލަވާލުމަށް، އިސްރަށްވެހިންނާއި މަޝްވަރާ ކޮށްފި ދުންފަތުގެ ވިޔަފާރިކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމުގެ މުއްދަތު މ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ