އީރާނުގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރު
ހޯދުމަށް އީރާނުގެ ޒަމާނީ ޑްރޯންތައް ވެސް މޫސުން ގޯސްވުމުގެ ސަބަބުން އޮޕަރޭޓް
ނުކުރެވޭ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.
އީރާނުގެ ޑްރޯން ފްލީޓް ކޮންޓްރޯލް ކުރާ އިސްލާމިކް
ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އާއި ހަވާލާދީ ޖަޒީރާއިން ބުނީ، ވިލާތައް
ބޯވުމާއި، ވިއްސާރަކުރުމާއި ވައިގަދަވުމުގެ ސަބަބުން އީރާނުގެ ޒަމާނީ ރިކޮނިސަސް އާއި
ކޮމްބެޓް ޑްރޯންތައް ގްރައުންޑްވެފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ރައީސް ރައީސީ
ދަތުރު ކުރެއްވި ރިޔާސީ ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތުގައި ޑްރޯން ބޭނުން
ކުރުމަށް ކުރަމުންދާ މަސައްކަތަށް ވަނީ ހުރަސް އެޅިފައެވެ.
އައިއާރްޖީސީގެ ތަރުޖަމާނު ދައުލަތުގެ މީޑިއާއަށް
ވިދާޅުވީ ޓެކްޓިކަލް ޑްރޯންތަކުގެ އެންމެ ފަހުގެ ޖެނެރޭޝަނަށް ރައްކާތެރިކަމާއެކު އަދި
ބޭނުންވި ގޮތަށް އޮޕަރޭޓް ކުރުމަށް ރަނގަޅު ވިޒިބިލިޓީ އާއި ހަމަހިމޭން ވައި ބޭނުންވާ
ކަމަށެވެ.
ގްރައުންޑްކޮށްފައިވާ ޑްރޯންތަކުގެ ތެރޭގައި ޝަހީދު-129،
ޝަހީދު-191 އަދި ޝަހީދު-171 މޮޑެލް ހިމެނެއެވެ.
އޭގެ ބަދަލުގައި، ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތުގައި
މައިގަނޑު ގޮތެއްގައި ބަރޯސާވާން ޖެހުނީ އީރާނުގެ އަސްކަރިއްޔާގެ ހެލިކޮޕްޓަރުތަކަށާއި،
ލިމިޓެޑް ރޭންޖާއި އޮޕްޓިކްސް ހިމެނޭ އަބާބިލް އަދި މުހާޖަރު ސީރީޒް ފަދަ މުސްކުޅި
ޑްރޯން މޮޑެލްތަކަށެވެ.
ހާއްސަކޮށް ހެލިކޮޕްޓަރު ގެއްލުނު ސަރަހައްދު ކަމަށްވާ
އަރްމީނިއާ އާއި އަޒަރުބައިޖާންގެ ބޯޑަރު ކައިރީގައި އޮންނަ އީރާނުގެ ހުޅަނގު އުތުރުގެ
ފަރުބަދަމަތީ ސަބާލާން ސަރަހައްދުގައި އުދުހުމުގެ ހާލަތު ގޯސްވުމުގެ މައްސަލަ ވަނީ
ކުރިމަތިވެފައެވެ.
ނަމަވެސް އީރާނުގެ އޮފިޝަލުން ބުނަމުން ދަނީ ގެއްލުނު
ހެލިކޮޕްޓަރާއި ދަތުރުކުރި މީހުން ހޯދުމުގެ މަސައްކަތް ހުއްޓައިނުލައި ކުރަމުން އަންނަ
ކަމަށެވެ.
ރައީސް ރައީސީ ގެ އިތުރުން ބޯޓުގައި ތިބި ހަތް
މީހުންގެ ޙާލަތު މިހާތަނަށް ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، އެ ހާދިސާއާ ގުޅޭ ތަފްސީލުތައް
ކަމާ ބެހޭ ފަރާތްތަކުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެއެވެ.
އިރާނުން މިފަހަކަށް އައިސް އެގައުމުގެ އެތެރޭގެ
ޑްރޯން އުފެއްދުމުގެ ގާބިލްކަން ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން
އަންނައިރު، މިއީ ބޭރުގެ ހަރުކަށި ބާރުތައް ހުއްޓުވުމަށް ހަރުދަނާ އެސިމެޓްރިކަލް އަސްކަރީ
ގާބިލުކަން އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. ނަމަވެސް ރައީސީ ގެއްލުމަކީ
އިސްލާމީ ޖުމްހޫރިއްޔާގެ ލީޑަޝިޕަށް ހީވެސް ނުކުރާވަރުގެ ބޮޑު ގެއްލުމެއް ލިބިގެންދާނެ
ކަމެކެވެ.
އީރާންގެ ޒަމާނީ ޑްރޯންތައްވެސް މޫސުން ގޯސްވުމުގެ ސަބަބުން އޮޕަރޭޓް ނުކުރެވިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ