ވަނގާރަކީ ތުރާކުނު ބައެއްގެ ގޮތުގައި ކަނޑައަޅައިފި

ހއ. ތުރާކުނާ ޖެހިގެން އޮންނަ ވަނގާރަކީ ތުރާކުނު ބައެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.ވަނގާރުއަކީ 2016 ވަނަ އަހަރު ރިސޯޓު ތަރައްގީ ކުރުމަށް ދިން ރަށެކެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ޓޫރިޒަމަށް ނުނަގައި ތުރާކުނު ރައްޔިތުން އެދުނު ގޮތަށް އެ ރަށުގެ އިހުތިސާސްގައި ހިމެނުމަށް ނިންމަވައިފަ އެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި، މިއަދު ރައީސް އޮފީހުން ނެރުނު ގަރާރެއްގައި ބުނީ ވަނގާރަކީ ތުރާކުނުގެ ބައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސަށް ލިބިދޭ ބާރުގެ ދަށުން ކަނޑައަޅާފައިވާ ކަމަށެވެ.ތުރާކުނާ ގާތްގަނޑަކަށް ދެ ކިލޯ މީޓަރު ދުރުގައި އޮންނަ ވަނގާރުގެ ބޮޑުމިނަކީ 11 ހެކްޓަރެވެ.ވަނގާރުގެ އިތުރުން އދ. މަހިބަދޫގެ ދެކުނުގައި އޮންނަ މާފަރުފަޅަކީ އެ ރަށުގެ ބައެއް ކަމުގައި ވެސް ވަނީ ކަނޑައަޅާފަ އެވެ. މަހިބަދޫ އާއި މާފަރުފަޅާ ދެމެދު އޮންނަނީ ގާތްގަނޑަކަށް 1،4 ކިލޯމީޓަރު ދުރުމިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ