ޕްރައިމަރީން ބަލިވެ މެމްބަރު ރޮޒޭނާއަށް އެމްޑީޕީ ޓިކެޓު ގެއްލިއްޖެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ހޮވަން މިއަދު ބޭއްވި ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިވެ، މެމްބަރުކަން މިހާރު ވެސް ކުރައްވާ ރޮޒައިނާ އާދަމްއަށް އެ ޕާޓީގެ ޓިކެޓު ގެއްލިއްޖެ އެވެ.އެމްޑީޕީގެ ޓިކެޓް ގައި ވިހިވަނަ މަޖިލީހަށް ކުރިމަތިލާން ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ކުރިއަށް ގެންދިޔަ ޕްރައިމަރީ ގައި ރޮޒައިނާ ވާދަކުރެއްވީ ފޭދޫ އުތުރު ދާއިރާއަށެވެ. އޭނާއާ ވާދަ ކުރެއްވީ އަހުމަދު ޝަރީފު (ޑުންގާ) އެވެ. އެއީ ދިވެހި ފުޓްބޯޅާ ގައި ފާހަގަ ކޮށްލެވުނު ކުޅުންތެރި އެކެވެ.ޑުންގާ ވަނީ ރޮޒައިނާގެ މައްޗަށް ކުރި ހޯއްދަވާ ޓިކެޓް ކަަށަވަރު ކުރައްވާފައެވެ. މާލެ ސިޓީއާ އައްޑޫ ސިޓީގައި ބެހެއްޓި ވޯޓް ފޮށިން ވެސް ކުރި ހޯއްދެވީ ޑުންގާ އެވެ.އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި އެ ޕާޓީގައި މިވަގުތު ހުންނެވި އެންމެ ނުފޫޒުގަދަ އަންހެން ޝަހުސިއްޔަތަކީ ރޮޒައިނާ އެވެ.ޕްރައިމަރީން ރޮޒައިނާއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވިއިރު އޭނާގެ ފިރިކަލުން ވަނީ އިތުރު ދައުރުކަށް ކުރިމަތި ލައްވަން އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވާފައެވެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދިޔައީ މިއަދު ހަވީރު 5 ޖެހުމާ ހަމައަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ