ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މިއަދުވެސް މޫސުން ގޯސްކަމަށާއި، ދިޔަވަރުބޮޑުވާ ވަގުތު އުދަ އެރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
ވައިގަދަވާނެ ކަމަށް ލަފާކޮށް ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ހުދު ސަމާލު ވަނީ ނެރެފައެވެ. މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. މިވަގުތުތަކުގައި ދެކުނުގެ ކަނޑުތައްވެސް ގަދަވާނެކަމަށް އެއިދާރާއިން ވަނީ ވިދާޅުވެފައެވެ.
މިއެލަރޓް ނެރެފައި ވަނީ މެންދުރު 01:30އާއި ހަމައަށެވެ.
ޖުމްލަކޮށް މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަވާނެކަމަށް ލަފާކޮށްފައިވާއިރު، ބައެއް ރަށްތަކަށް ގަދަވަޔާއެކު ވާރޭ ވެހުން އެކަށީގެންވެއެވެ. އަދި 13 މޭލާ 25 މޭލަށް ވައިގަދަވާނެކަމަށާއި، ވިލާގަނޑުގައި ބައެއް ހިސާބުތަކަށް 50 މޭލަށް ވައިގަދަވާނެކަމަށް މޫސުމާ ބެހޭއިދާރާއިން ހާމަކުރައްވައެވެ. ރާޅުގެ އުސްމިން ހުންނާނީ 5 ފޫޓާއި 8 ފޫޓާ ދެމެދުގައެވެ.
އެހެންކަމުން ކަނޑުދަތުރުކުރުމުގައި މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާއިގުޅުންހުރި އިދާރާތަކުން ދަނީ އިލްތިމާސްކުރައްވަމުންނެވެ.
މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ ދިޔަވަރުބޮޑުވާ ވަގުތު ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާކަމަށެވެ.
މިހާރު ކުރަމުންދާ ވިއްސާރައަށް ބަލާއިރު އިއްޔެ އެންމެ ގިނައިން ވާރޭވެހުނުކަމަށް ރިކޯޑްކޮށްފައިވަނީ ފުވައްމުލައް ސިޓީއަށެވެ. އެ ސިޓީއަށް 120 މިލިމީޓަރުގެ ވާރޭވެހިފަވެއެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް މޫސުން ގޯސް، އުދައެރުން އެކަށީގެންވޭ: މެޓް އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ