އިމާމުންގެ ފުރަތަމަ މަހާސިންތާ ފަށައިފި

"އިމާމުކަމުގެ މަގާމަކީ ހާދަ މަތިވެރި މަގާމެކޭ، ﷲ އައްޒައުޖަލް ކަނޑައަޅުއްވާފައިވާ އެހާ މާތް މަތިވެރި އަޅުކަމެއްގެ ތެރޭގަ އެންމެ އިސް މީހެއްގެ ގޮތުގަ ހުންނަން ޖެހޭ މީހާއަކީ އެއީ ހާދަ މަތީ ޝަރަފަކާ އިއްޒަތް އޮތް މީހަކެވޭ،"
ރާއްޖޭގައި ބާއްވާ ފުރަތަމަ އިމާމުންގެ މަހާސިންތާ މިއަދު ފަށައިފި އެވެ.
މި މަހާސިންތާގައި ރާއްޖޭގެ ހުރިހާ އިމާމުން ބައިވެރިވާނެ އެވެ. ބައެއް އިމާމުން ބައިވެރިވެފައި ވަނީ އޮންލައިންކޮށެވެ.މަހާސިންތާ ފެށުމުގެ ގޮތުން ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިމާމުންގެ ތެރޭގައި ހުރި މައްސަލަތަކާއި ހުށަހެޅުންތަކާމެދު މި މަހާސިންތާގައި މަޝްވަރާކޮށް، އެކަންކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ."އިމާމުކަމުގެ މަގާމަކީ ހާދަ މަތިވެރި މަގާމެކޭ، ﷲ އައްޒައުޖަލް ކަނޑައަޅުއްވާފައިވާ އެހާ މާތް މަތިވެރި އަޅުކަމެއްގެ ތެރޭގަ އެންމެ އިސް މީހެއްގެ ގޮތުގަ ހުންނަން ޖެހޭ މީހާއަކީ އެއީ ހާދަ މަތީ ޝަރަފަކާ އިއްޒަތް އޮތް މީހަކެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.މިނިސްޓަރުގެ ވާހަކަފުޅުގައި، އިމާމުންގެ ވަޒީފާގެ މާތްކަމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުއްވާލާފައިވެ އެވެ. އެގޮތުން ނަމާދަނީ އެންމެ މާތް އަޅުކަމަށްވާއިރު، ނަމާދުގެ ޖަމާއަތް ލީޑުކުރަން ލިބުމަކީ ވަރަށް މާތް ޝަރަފެއް ކަމަށް ވިދާޅުވި އެވެ.
"ދުނިޔަވީ ގޮތުން ލިބޭ މުސާރައާ، މިކަންތައްތަކަކީ ވެސް މުހިންމު ކަންކަން. އެހެންނަމަވެސް، އަޅުގަނޑުމެންގެ ހިތުގަ އެކަމަށް އޮތް އެންމެ އިސް މަގާމަކަށްވާން ޖެހޭނީ ﷲ ލޯބިވެވޮޑިގަންނަވާ މަތިވެރި މަގާމަކަށްވާތީވެ ކުރާ ކަމެއްގެ ގޮތުގަ. އޭރުން ﷲ އެމީހަކަށް މަތިވެރިކަން ދެއްވާނެ،" ޝަހީމް ވިދާޅުވި އެވެ.މިނިސްޓަރު ވިދާޅުވީ އެ މަހާސިންތާގައި ޒުވާން ހަތީބުންނާއި އިމާމުން ބައިވެރިވާ ކަމަށާއި އެއީ ގައުމުގެ މުސްތަގުބަލް އުޖާލާވާނެ ކަމުގެ އަލިގަދަ ގެއްކެއް ކަމަށެވެ. "ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މަހާސިންތާއަކީ ވަރަށް ބޮޑު ހެޔޮ ކަމެއްގެ ފެށުމެއް މީ. މި މަހާސިންތާގަ މަޝްވަރާ ކުރެވިގެން ނިމިގެންދާ ކަންތައްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތަންފީޒު ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.މިނިސްޓަރު ވިދާޅުވީ އިމާމުންގެ އާ އޮނިގަނޑުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. މި މަހާސިންތާގެ އެންމެ މައިގަނޑު އެއް މަގުސަދަކީ އިމާމުންނަށް ދިމާވާ ދަތިތައް ހައްލު ކުރުން ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ