”ކޫލް ސްކޫލް“ ޕްރޮޖެކްޓް އަތޮޅުތެރޭގެ ރަށަކުން ފެއްޓުމުން ހާމަވެގެންދަނީ ރައީސް ރަށްތަކަށް ދެއްވާ އަޙްމިއްޔަތުކަން: މިނިސްޓަރ

“ ކޫލް ސްކޫލް “ ޕްރޮޖެކްޓް އަތަޮޅުތެރޭގެ ރަށަކުން ފެއްޓުމުން ހާމަވެގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަތޮޅުތެރޭ ރަށްތަކަށް ދެއްވާ ޙާއްސަ އަޙްމިއްޔަތުކަން މިނިސްޓަރ އިޝްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
“ ކޫލް ސްކޫލް “ ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް ކ. މާފުށީގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ، މި ޕްރޮޖެކްޓް އަތަޮޅުތެރޭގެ ރަށަކުން ފެއްޓުމުން ހާމަ ވެގެންދަނީ ރައީސް އަތޮޅުތެރޭ ރަށްތަކަށް ދެއްވާ ޙާއްސަ އަޙްމިއްޔަތުކަމަށާއި އަދި މި އަދަކީ ތާރީހީ ދުވަހެއް ކަމަށެވެ.
“ ތާރީހީ މިފަދަ ޕްރޮޖެކްޓެއް އަތޮޅުތެރޭ ރަށަކުން ފެއްޓިގެން މިދާ ކަމަކީވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަތޮޅު ތެރޭގެ ރަށްތަކަށް ދެއްވާ ޙާއްސަ ސަމާލު ކަންކަން އަޅުގަނޑު ފާހަގަކުރަން.. މިނިސްޓަރ ވިދާޅުވިއެވެ.
“ ކޫލް ސްކޫލް “ އެއްގައި ހިތަށް ފިނިކަމާއި އުފާވެރިކަން އަންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފިނިކަމާއި އެކުގައި ދަރިވަރުންގެ އުޅުމަށް ހެޔޮބަދަލުތަކެއް އަންނާނެކަމަށާއި ވިޔާނުދާ ކަންތައްތަކުން ދަރިވަރުން ދުރުހެލިވާނެ ކަމަށާއި އަދި ހިތް އުފާވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބުލީނުކުރާނެ ކަމަށާއި ރުޅިވެރިކަން ސްކޫލްގެ މާހައުލެއްގައި ފެނިގެން ނުދާނެ ކަމަށާއި މުދައްރިސުންނާއި ސްކޫލް މެނޭޖްމެންޓާއި އަދި ބެލެނިވެރިން އެންމެން ގުޅިގެން ކުރިއަށްދާ މަސައްކަތުގެ ނަތިއްޖާ އަކަށް ވެގެންދާނީ ތުއްތުކުދިންނަކީ ރަށަށް އަދި ގައުމަށް އަދި އެ ކުދިންގެ މުޅި ދިރިއުޅުމަށް އުޖާލާކުރަނިވި ފިލާވަޅުތަކެއް ލިބިގެންދާ ކުދިންތަކަކަށްވުން ކަމަށެވެ. އަދި މުޅި ޖުމްލަކޮށް ކާމިޔާބު އިންސާނުން އުފެއްދުމާއި ލިބިލައްވަންޖެހޭ ހުރިހާ ތަޢުލީމަކާއި ތަރުބިއްޔަތުން ފުރިފައިވާ ވެއްޓަކަށް ސްކޫލުވެށި ވެގެން ދިއުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
“ އެއީ ކޫލް ސްކޫލް“ ގެ މާނައަކީ އިނގޭތޯ..މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިއަދު މި ފެށިގެންދާ ޕްރޮޖެކްޓަކީ ރައީސްގެ ދުރުވިސްނުންފުޅުން، އެމަނިކުފާނުގެ އަގުހުރި އިރުޝާދުގެ ނަތިއްޖާ ކަމަށެވެ. އަދި ރައީސްއާއިއެކު ތިން ހަތަރު އަތޮޅަކަށް ދަތުރުކުރުމުގެ ފުރުސަތު ލިބުނު ކަމަށާއި އަދި އެމަނިކުފާނު ވަޑައިގެންނެވި ދަތުރުފުޅު ތަކުގައި ވަރަށް ގިނަ ޖަލްސާތަކުގައި ރައްޔިތުންނާއި ބައްދަލުކުރެއްވީ ސްކޫލް މަދަރުސާތަކުގެ ހޯލުގައި އާއި ކުލާސްރޫމް ތަކުގައި ކަމަށެވެ. އަދި އެމަނކިފާނުގެ ތަދުރުފުޅުގައި ކުލާސްރޫމް ތަކަށް ވަޑައިގެން ދަރިވަރުންގެ ކިޔެވުން ބައްލަވާލެއްވި ކަމަށާއި އަދި އެކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމުގެ ކަންތައްތައް ވަރަށް ކައިރިން ފެނިވަޑައިގެން ދިޔަ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މި ދަތުރުފުޅު ތެރެއިން ދަރިވަރުން އެންމެ އެކަށީގެންވާ ގޮތަށް ހޫނުގައި ކިޔަވާނީ ކިހިނެއްތޯ އެމަނިކުފާނު ސުވާލު އުފެއްދިކަމަށް މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ.
“ ވިދާޅުވީ، މިހާ ހޫނުގަދަ މާހައުލެއްގައި ކިހިނަކުންތޯއޭ..މުދައްރިސުންނާއި ޓީޗަރުންނާއި އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވޭނީ .. އެހެންވީމާ.. ސްކޫލުތަށް ފިނިކުރުމުގެ ޙާއްސަ ޕްރޮޖެކްޓެއް ކުރިއަށް ގެންދެވުމަށް ރައީސް އިރުޝާދު ދެއްވީ…މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވި މި ޕްރޮޖެކްޓް ކުރިއަށް ގެންދެވުމުގައި އިއާދަކުރަނިވި ހަކަތަ ރާއްޖެއަށް އެންމެ ރަނގަޅު ކަމަށް ބެލެވެނީ ސޯލާޕެނަލް ކަމަށެވެ. އަދި އެ ހަކަތައިގެ 30 އިންސައްތައަކީ އިއާދަކުރަނިވި ނިޒާމަކުން ލިބިދޭ އެއްޗެއް ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފާރާތުން މިހާރު ކުރިއަށް މި ގެންދަނީ އެ ޕްރޮޖެކްޓް ކަމަށާއި މިއަދު އެ ޕްރޮޖެކްޓް އިފްތިތާހު ވެގެން މިދަނީ މާފުށީފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މާފުށީގައި ތިއްބެވި ހުރިހާ ދަރިވަރުންނާއި މުދައްރިސުން އަދި މުޅި ސްކޫލުގެ ކޮމިއުނިޓީ ހުރިހާ ރައްޔިތުން ޝާމިލުވާގޮތަށް އެކަމުގެ އުފަލުގައި ބައިވެރިވުން ވެގެންދިޔައީ އުފާވެރި ކަމެއްގޮތުގައި ކަމަށް މިިނިސްޓރ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ