ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހައި ކޯޓުން ފަނޑިޔާރު ފައިސަލް
ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް މުހައްމަދު ފައިސަލް ހަމަޖައްސައިފި އެވެ.ފަނޑިޔާރުންގެ އިސްތިއުނާފުގެ މަޖިލީހަކީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތައް އިސްތިއުނާފް ކުރުމުން ބަލާ މަޖިލީހެކެވެ. އެ މަޖިލީހަށް ހުށަނޭޅޭނީ ފަނޑިޔާރަކު މަގާމުން ވަކި ކުރަން ނިންމާ މައްސަލަތަކެވެ.ހައި ކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ސުޕީރިއާ ކޯޓުތަކުން ފަނޑިޔާރެއް އިސްތިއުނާފް މަޖިލީހުގައި އިންނަވާނެ އެވެ.ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަކީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މަޖިލީހެކެވެ.ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި އެންމެ ފަހުން ތިއްބެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ޑްރަގް ކޯޓުގެ ގާޒީ މުހުތާޒު ފަހުމީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ