ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް

ސްރީލަންކާގެ މިނިވަންކަމަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެންފިއެވެ.
މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅުގައި، ސްރީލަންކާގެ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި، ސްރީލަންކާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ދިނޭޝް ގުނަވަރުދަނާ އާއި، ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެމް.ޔޫ.އެމް ޢަލީ ސަބްރީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
މީގެ އިތުރުން މިނިސްޓަރ ޝާހިދު ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައި، ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލް އާއި ސެކްރެޓަރީ ބައިލެޓަރަލް ހާލާ ޑރ.ހަމީދުުގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ ޙުސައިން ޖަހާޒް، އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެސިސްޓެންޓް ޑިރެކްޓަރ ޢާއިޝަތު ފަރީނާ ބައިވެރިވެވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ