ކެނަޑާ ކަޓުވާލައި މޮރޮކޯ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް

ހިއުސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 5) - މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބާއްވާ އެއް ހޯސްޓް ކަމަށްވާ ކެނަޑާ 3-0 އިން ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، މޮރޮކޯ އިން މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ. 
އެންމެ ފަހުން، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅުނު މޮރޮކޯ އިން މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގަދަ 16 ޓީމުގެ ބުރުގައި، ކެނަޑާ އަތުން ރަނގަޅު މޮޅެއް ހޯދައިގެންނެވެ.
މި މެޗުގައި މޮރޮކޯގެ ފުރަތަމަ ދެ ލަނޑު ވެސް ޖެހީ މިޑްފީލްޑަރު، އަޒެއްދީން އުނާހީ އެވެ. އަދި، އަނެއް ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ސޯފިއަން ރަހީމީ އެވެ. 
ހިއުސްޓަން ސްޓޭޑިއަމްގައި ކުޅުނު މިރޭގެ މެޗުގައި، މޮރޮކޯ އިން ތިން ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، ފުރަތަަމަ ލަނޑަކީ 50 ވަނަ މިނިޓްގައި ހިލޭ ޖެހުމަަކުން އަޝްރަފް ހަކީމީ ދިން ބޯޅައަކުން އޭރިއާބޭރުން ގޯލު ތިރީ ކަނަށް އަމާޒުކޮށްލައިގެން އުނާހީ ޖެހި ގޯލެކެވެ. 
ކެނަޑާ އިން އެޓޭކަށް ޖެހި އެއްވަރުކުރަން މަސައްކަތް ކުރަނިކޮށް، މޮރޮކޯ އިން ވަނީ ކައުންޓަ އެޓޭކުގައި ލަނޑެއް ޖަހައި ލީޑުފުޅާކޮށްފަ އެވެ. މެޗުގެ 82 ވަނަ މިނިޓްގައި ބްރަހިމް ޑިއާޒް، ކެނަޑާ އޭރިއާތެރެއިން ޖައްސާލި ބޯޅަ އުނާހީ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. 
ތަފްސީލް އަންނަނީ....
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ