ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން މި އަހަރު ވެސް ސިލްސިލާ ޖަލްސާތައް ކުރިޔަށް ގެންދާނެކަމަށް މައުމޫން ފައުންޑޭޝަނުން ބުނެފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ، މައުމޫން ފައުންޑޭޝަނުން ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ހާއްސަކޮށްގެން އިޙްޔާ ކުރުމުގެ ޖަލްސާތަކާއި، ދީނީ މައުލޫމާތުތައް ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދެ އެވެ.
މި ޕްރޮގްރާމްތަކާއި ގުޅޭ މައުލޫމާތުތައް ދެމުން މައުމޫން ފައުންޑޭޝަނުން ބުނީ، މި އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ޖަލްސާތައް ކުރިޔަށް ގެންދާނީ ފެބްރުއަރީ 24، އަދި މާޗް މަހުގެ 03 އާއި 10 އަދި 17 ވަނަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ.
މި ޖަލްސާތަކުގައި ފައުންޑޭޝަންގެ ޗެއާމަންކަން ވެސް ކުރައްވާ، ރައީސް މައުމޫން އާއި، ދީނީ އިލްމުވެރިން ވާޣަޖަފުޅު ދައްކަވާނެކަމަށް އެ ފައުންޑޭޝަނުން ވަނީ ބުނެފަ އެވެ.
ޖަލްސާތައް ބޭއްވުމަށް ހަމަޖެހިފައިވާ ވަގުތަކީ ރޭގަނޑުގެ 10:00 އެވެ.
މައުމޫން ފައުންޑޭޝަނުން މި އަހަރު ވެސް އިޙްޔާ ފޯރަމް ބާއްވަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ