ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ފުރަތަމަ ޓާމިނަލްގައި، ލޯފަން މީހުންނަށް ނުވަތަ 'ނަން-ވިޒިބަލް ޑިސްއެބިލިޓީސް' ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ތައްޔާރުކުރި 'ކާމް ރޫމް' މިއަދު ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ. މިއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އިޖުތިމާއީ ޒިންމާގެ ދަށުން، ހާއްސަ އެހީއަށް ބޭނުންވާ ފަސިންޖަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
މި ހާއްސަ ކާމް ރޫމް ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ. ޓާމިނަލް 1 ގައި ބޭއްވި މި ރަސްމިއްޔާތުގައި އޯޓިޒަމް އެސޯސިއޭޝަނާއި އޯޓިޒަމް ކެއާ މޯލްޑިވްސްގެ އިތުރުން އެމްއޭސީއެލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެމްއޭސީއެލުން ހާމަކުރި ގޮތުގައި، މިއީ އެއާޕޯޓުން ދަތުރުކުރާ ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ އަދި ފަސޭހަ މާހައުލެއް ގާއިމްކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.
'ބޮލި' ޕްރޮގްރާމްގެ ދަށުން ތައާރަފުކުރި މި ކާމް ރޫމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް، ސެންސަރީ ވަސީލަތްތަކާ އެކު ފަރުމާކޮށްފައިވާ ތަނެކެވެ. މީގެ މައިގަނޑު ބޭނުމަކީ އެއާޕޯޓުގެ ކިއުތަކާއި ކާރޫބާރޫ ބޮޑު މާހައުލުގެ ސަބަބުން ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ މީހުންނަށް ކުރިމަތިވާ ނުތަނަވަސްކަން ކުޑަކޮށްދީ، ހިތްހަމަޖެހުން ހޯދައިދިނުމެވެ. މިތަނުގައި ތަފާތު ހަރަކާތްތަކާއި ސެންސަރީ އައިޓަމްތައް ހިމެނޭއިރު، ފަސިންޖަރާއެކު އެހީތެރިއަކަށް ވެސް މަޑުކޮށްލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މި ހިދުމަތް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކާޑަކާއި ލެންޔާޑެއް ދޫކުރުމަށް ވަނީ ނިންމާފައެވެ. އެމްއޭސީއެލުން ބުނީ މި ލެންޔާޑުގެ ސަބަބުން އެއާޕޯޓުގެ މުވައްޒަފުންނަށް އެއީ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތެއްކަން ފަސޭހައިން އެނގި، އަވަސް ހިދުމަތް ދިނުމަށް މަގުފަހިވާނެ ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ ވީއައިއޭ އިން ލިބޭ ހުރިހާ ހިދުމަތްތަކަކީ ވެސް ހުރިހާ ފަސިންޖަރުންނަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ފެންވަރު ރަނގަޅު ހިދުމަތްތަކަކަށް ހެދުމެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ފުރަތަމަ ޓާމިނަލްގައި، ފެނުމުން ދެނެގަންނަން އުނދަގޫ ނުކުޅެދުންތެރިކަން ނުވަތަ 'ނަން-ވިޒިބަލް ޑިސްއެބިލިޓީސް' ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ތައްޔާރުކުރި 'ކާމް ރޫމް' މިއަދު ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ. މިއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އިޖުތިމާއީ ޒިންމާގެ ދަށުން، ހާއްސަ އެހީއަށް ބޭނުންވާ ފަސިންޖަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
މި ހާއްސަ ކާމް ރޫމް ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ. ޓާމިނަލް 1 ގައި ބޭއްވި މި ރަސްމިއްޔާތުގައި އޯޓިޒަމް އެސޯސިއޭޝަނާއި އޯޓިޒަމް ކެއާ މޯލްޑިވްސްގެ އިތުރުން އެމްއޭސީއެލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެމްއޭސީއެލުން ހާމަކުރި ގޮތުގައި، މިއީ އެއާޕޯޓުން ދަތުރުކުރާ ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ އަދި ފަސޭހަ މާހައުލެއް ގާއިމްކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.
'ބޮލި' ޕްރޮގްރާމްގެ ދަށުން ތައާރަފުކުރި މި ކާމް ރޫމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް، ސެންސަރީ ވަސީލަތްތަކާ އެކު ފަރުމާކޮށްފައިވާ ތަނެކެވެ. މީގެ މައިގަނޑު ބޭނުމަކީ އެއާޕޯޓުގެ ކިއުތަކާއި ކާރޫބާރޫ ބޮޑު މާހައުލުގެ ސަބަބުން ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ މީހުންނަށް ކުރިމަތިވާ ނުތަނަވަސްކަން ކުޑަކޮށްދީ، ހިތްހަމަޖެހުން ހޯދައިދިނުމެވެ. މިތަނުގައި ތަފާތު ހަރަކާތްތަކާއި ސެންސަރީ އައިޓަމްތައް ހިމެނޭއިރު، ފަސިންޖަރާއެކު އެހީތެރިއަކަށް ވެސް މަޑުކޮށްލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ލޯފަން މީހުންނަށް ހާއްސަ "ކާމް ރޫމެއް" ވެލާނާ އެއާޕޯޓުގައި ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ