މިރުހާއި ބަށި އަގު ހެޔޮވިއިރު، ކެރެޓާއި ލުނބޯގެ އަގު 40 އިންސައްތަ ބޮޑުވެއްޖެ

ބާޒާރުގައި ދިވެހި މިރުހާއި ބަށީގެ އަގު ހެޔޮވި ނަމަވެސް، ކެރެޓާއި ލުނބޯގެ އަގު ބޮޑުވެއްޖެއެވެ. ކުރިން ލުނބޯ ކިލޯއެއް އަދި ކެރެޓް ކިލޯއެއް ބާޒާރުގައި ލިބެން ހުރީ 25 ރުފިޔާއަށެވެ. އެކަމަކު، މިހާރު މި ދެ ބާވަތުގެ އަގު ވަނީ 35 ރުފިޔާއަށް އުފުލިފައެވެ. އެއީ، 40 އިންސައްތައިގެ އިތުރުވުމެކެވެ. ކުރިން 330 ރުފިޔާއަށް ވިއްކި މިރުސް ކިލޯއެއްގެ އަގު މިހާރު ވަނީ 220 ރުފިޔާއަށް ދަށްވެފައެވެ. މިރުހުގެ އިތުރުން ބާޒާރުގައި ލިބެން ހުރި ބައެއް އިތުރު ބާވަތްތަކުގެ އަގު ހެޔޮވެފައިވެއެވެ. އޭގެ ތެރޭގައި ބަށި ހިމެނެއެވެ. އެގޮތުން، ކުރިން 65 ރުފިޔާއަށް ލިބެން ހުރި ބަށި ކިލޯއެއް މިހާރު ލިބެނީ 60 ރުފިޔާއަށެވެ. މިހާރު ބާޒާރުގައި ލިބެން ހުރި ބައެއް ބާވާތްތަކުގެ އަގުތައް ވަނީ ކުރިއާ އަޅާ ބަލާއިރު އެއް ހަމައެއްގައި ހިފެހެއްޓިފައެވެ. އެގޮތުން، މިހާރު ވެސް ވަޅޯ މަސް ކިލޯއެއް 85 ރުފިޔާއަށް ލިބެން އެބަހުއްޓެވެ. އަދި، ބަރަބޯ 25 ރުފިޔާއަށް މިހާރު ވިއްކަމުންދާއިރު ބަޓާނާގެ އަގު އުޅެނީ 30 ރުފިޔާގައެވެ. މިހާރު ވެސް ދޮންކެޔޮ އުޅެނީ 40 އާ 45 ރުފިޔާއާ ދެމެދުގައެވެ. https://sun.mv/210032 ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުމުގެ ސަބަބުން މި އަހަރު ތެރޭގައި ބާޒާރުގައި ތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފުލުނެވެ. ވިޔަފާރިވެރިން ބޭރުން ގަންނަ މުދަލަށް ފައިސާ ދައްކަން މުޅިންހެން ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހޭއިރު މިހާރު ޑޮލަރެއްގެ އަގު ހުރީ 20 ރުފިޔާއިން މަތީގައެވެ. ޑޮލަރުގެ ސަބަބުން މި އައި ދަތިކަން ހައްލުކުރުމުގެ ގޮތުން އެސްޓީއޯއިން ވަނީ މިދިޔަ މަހުގައި އަސާސީ ކާބޯތަކެތީގެ 23 ބާވަތެއް ވިއްކަން ފަށާފައެވެ. އެ ކުންފުނިން ވިއްކާ ތަރުކާރީގެ ތެރޭގައި، ފިޔާ، އިނގުރު، ކެރެޓު، ބަށި، ކައްޓަލަ، އަލުވި، ކެބެޖު، ބަރަބޯ، ބޯވެލި އަދި ލޮނުމެދު ހިމެނެއެވެ. އަދި، އެސްޓީއޯއިން އެތެރެކޮށް ވިއްކާ މޭވާގެ ތެރޭގައި ދޮންކެޔޮ، އާފަލު، އޮރެންޖު، ލުނބޯ، ޖުމްހޫރީ މޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް އަދި މޭބިސްކަދުރު ހިމެނެއެވެ. https://sun.mv/212733 އެ ބާވަތްތަކުގެ އިތުރަށް އެސްޓީއޯއިން ވަނީ، މުގާއި ކުކުޅު ބިހާއި ކާށީގެ އިތުރަށް ރީނދޫ ވެސް ވިއްކަން ފަށާފައެވެ. އެކަމަކު، އެސްޓީއޯއިން މިކަން ކުރާނީ ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަށް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ