ދެމަފިރިންގެ މަރުގައި ތުހުމަތު ކުރެވޭ ކަމެއް ނެތް: ފުލުހުން

އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގައި މަރުވެފައި ތިއްބާ ފެނުނު ދެމަފިރިންގެ މަރުގައި ތުހުމަތު ކުރެވޭ ކަމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
މަރުވެފައި ތިއްބާ ފެނިފައިވަނީ ހިތަދޫ ކްރޭންގޭ އިބްރާހިމް އަބްދުﷲ ،60، އާއި މަރަދޫ ނާރެސް، ފަރުހަނާޒް ރަޝީދު ،52، އެވެ
ފުލުހުން ބުނީ މި މައްސަލާގައި މިހާތަނަށް ބެލި ބެލުމުން ތުހުމަތު ކުރެވޭ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމަފިރިން މަރުވެފައި ތިއްބާ ފެނިފައިވަނީ އެމީހުން ދިރިއުޅޭ ގޭގެ ކޮޓަރި ތެރެއިންނެވެ. އެ ގެ ހުންނަނީ ގެ ހުންނަނީ ހިތަދޫގެ ޓޫރިޒަމް ޒޯނު ސަރަހައްދުގައި ކަމަށް މައުލޫމާތުދެ އެވެ.
އެ ދެމަފިރިންގެ ހަށިގަނޑު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ