އައްޑޫ ހިތަދު އާއި ހުޅުމީދޫ ގުޅާލާ ބްރިޖާ ގުޅޭ މަސައްކަތްތަކަށް ފަންނީ ލަފާ ދޭން ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ބްރިޖު މަޝްރޫއަށް ލަފާދޭނެ ބަޔަކު ހޯދަން އިއުލާންކުރީ މިދިޔަ މާޗު މަހުގަ އެވެ. އެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު ހަމަވީ މާޗު 24ގަ އެވެ.
ތަފްސީލް - މިއަދު ބޭއްވި ރަސްމިޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ ޗައިނާގެ 'ޓީވައި ލިން އިންޓަނޭޝަނަލް' ކުންފުންޏާ އެވެ. މިކަމުގެ އެއްބަސްވުމުގައި:
އެ ކުންފުނީގެ ފަރާތުން ސޮއިކުރީ، ކުންފުނީގެ ރައީސް ޗެން ޝައުހޫ
ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
މިނިސްޓްރީން ބުނީ އައްޑޫ ބްރިޖު މަޝްރޫއުއަށް ލަފާދޭން އެ ކުންފުންޏާ ހަވާލުކުރީ، މަޝްރޫއުގެ ސާވޭ، ޑިޒައިން އަދި ޓެކްނިކަލް ސްޕެސިފިކޭޝަންގެ އިތުރުން ޓެންޑާ ޑޮކިއުމެންޓް ތައްޔާރު ކުރުން ހިމެނޭ ގޮތަށް ކަމަށެވެ.
އެނގުން މުހިންމު - އައްޑޫ ހިތަދު އާއި ހުޅުމީދޫ ގުޅާލަން އަޅަން މަަސައްކަތް ކުރާ ބުރިޖު ޑިޒައިންކޮށް، ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، މިސުރުގެ ސަރުކާރު ކުންފުންޏެއް ކަމަށްވާ 'ދަ އެރަބް ކޮންޓްރެކްޓާޒް'އާ އެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 19ގަ އެވެ.
އައްޑޫ ބްރިޖު މަސައްކަތަށް ފަންނީ ލަފާދޭން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ