މިއުނިކް (ޑިސެމްބަރު 22) - ޖަރުމަނު ލީގުގައި ރޭ ރަށުންބޭރުގައި ހެއިޑެންހައިމް އަތުން 4-0 އިން މޮޅުވެ، ބޮޑު ލީޑަކާ އެކު، ބަޔާން މިއުނިކުން މި އަހަރަށް ލީގު ނިންމާލައިފި އެވެ.
މި ހަފްތާގެ މެޗުތަކަށް ފަހު، ޖަރުމަނު ލީގުގެ ކުޅުން މި އަހަރަށް ވަނީ ނިންމާލައިފަ އެވެ. ދެން، އަންނަ އަހަރު މެޗުތައް އަލުން ފަށާއިރު، ބަޔާނުން އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ބަޔާނަށް 15 މެޗުން 41 ޕޮއިންްޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ވަނީ 15 މެޗުން 32 ޕޮއިންޓް ލިބިފަ އެވެ.
ލީގުގެ ތިނެއްގައި އޮތް ބަޔާ ލެވަކޫސަނާއި ހަތަރެއްގައި އޮތް އާރްބީ ލައިޕްޒިގަށް ވަނީ 15 މެޗުން 29 ޕޮއިންޓް ލިބިފަ އެވެ.
ބަޔާނުން ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނެގި އެވެ. އެ ގޮތުން، 15 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ޖޯސިޕް ސްޓަނިސިޗް ބޮލުން ގޯލެއް ޖަހަަ އެވެ. އަދި، މެޗުގެ 32 ވަނަ މިނިޓްގައި، އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި މައިކަލް އޮލީސޭ ވަނީ ބަޔާނުގެ ލީޑުފުޅާކޮށްދީފަ އެވެ.
މެޗުގައި ބަޔާނުން ޖެހި ފަހު ދެ ލަނޑު ކާމިޔާބުކުރީ މެޗު ނިމެން ކައިރިވެފައި ވަނިކޮށެވެ. އެ ގޮތުން، 86 ވަަނަ މިނިޓްގައި ލުއިސް ޑިއާޒް ވަނީ ސްޓަނިސިޗް ނެގި ހުރަހަކުން ބޮލުން ގޯލެއް ޖަހައިފަ އެވެ. އަދި، އިތުރު ވަގުތުގެ ތެރޭގައި ހެރީ ކޭން ވަނީ ބަޔާންގެ ފަހު ލަނޑު ޖަހައިފަ އެވެ. ބަޔާންގެ ކެޕްޓަން، މެނުއަލް ނޯޔާ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއަކާ ހެދި މި މެޗުގައި ނުކުޅެ އެވެ. ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ކޭން އެވެ.
ކޭން ވަނީ މި މެޗުގައި ޖެހި ގޯލާ އެކު، މި އަހަރު 60 ލަނޑު ޖަހައިފަ އެވެ. އަދި، އޭނާ އަކީ، ޖަރުމަނު ލީގުގެ ތާރީހުގައި އެންމެ އަވަހަށް 100 ގޯލުގައި ބައިވެރިވުން އޮތް ކުޅުންތެރިޔާ އެވެ. އެ ގޮތުން، 78 މެޗުން ކޭން ވަނީ 81 ގޯލު ޖަހައި، 19 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ،
ބަޔާނުން ބޮޑު ލީޑަކާ އެކު މި އަހަރަށް ލީގު ނިންމާލައިފި ބަޔާނުން ބޮޑު ލީޑަކާ އެކު މި އަހަރަށް ލީގު ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ