ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީއަށް ޓޮމް، ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރު

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީއަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހުމަދު ޠާރިޤު އައްޔަންކޮށްފިއެވެ. މިއީ ފީފާގެ ސްޓޭންޑިން ކޮމިޓީއަކަށް ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ. އެހެންކަމުން، ދިވެހި ފުޓްބޯޅައަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ އިތުރުން ބޮޑު ޝަރަފެކެވެ. ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީއަށް ޠާރިޤު އައްޔަންކޮށްފައިވަނީ މި މަހުގެ ދެވަނަ ދުވަހު ބޭއްވުނު ފީފާގެ ކައުންސިލް ބައްދަލުވުމުގައެވެ. މިއާއެކު 2025 އިން 2029 ގެ ނިޔަލަށް ޠާރިޤު އެ މަޤާމު ފުރުއްވަމުން ގެންދަވާނެއެވެ. ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީއަކީ އެ އިދާރާގެ ޓެކްނިކަލް މިންގަނޑުތައް އެކުލަވާލާ ދުނިޔޭގެ ފުޓްބޯޅައިގެ އެ މިންގަނޑުތައް ނަގަހައްޓާ، ހިފެހެއްޓުމަށް ބާރުއަޅާ ކޮމިޓީއެކެވެ. މި ކޮމިޓީ އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ. https://sun.mv/211476 ދާދި ފަހުން އެފްއޭއެމްގެ ރައީސް ޠާރިޤު ވަނީ، ފީފާގެ ދަޢުވަތަކަށް އެ އިދާރާގެ ހެޑްކުއާޓާޒްގައި ކުރިއަށްގެންދެވި ބައްދަލުވުމަކަށް ވަޑައިގެން ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލުކުރައްވާފައެވެ. ފީފާގެ ރައީސް އިންފަންޓީނޯ ވަނީ ކުރީގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން، އެފްއޭއެމްގެ ރައީސް ޠާރިޤު، އެ މަޤާމަށް ގެންނަވަނީ ތަޖުރިބާއާއި ފުރިހަމަ ވިސްނުމެއް ކަމަށް ވިދާޅުވެފައެވެ. ރާއްޖޭގެ ފުޓްބޯޅަ އަލުން ދިރުވާ އާލާކުރުމަށް ޠާރިޤްގެ ލީޑާޝިޕްގެ ދަށުން ކުރިޔަށް ގެންދަވާ ކަންކަން ފާހަގަކުރައްވާ އިންފަންޓީނޯ ވަނީ ޠާރިޤަށް ތައުރީފު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ