ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ ހިލާފަށް ގިރާވަރުފަޅުން ގޯތި ލިބިފައިވާ ބައެއް މީހުންގެ ގޯތިތައް ފުށިދިއްގަރުފަޅު (ރަސްމާލެ) އަށް ބަދަލުކުރަން އުޅޭތީ މާލެ ރަށްވެހިންގެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށް މުއިއްޒަށް ސިޓީއެއް ފޮނުވައިފި އެވެ.
މިދިޔަ އާދީއްތަ ދުވަހު ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ ގިރާވަރުގެ ބައެއް ގޯތިތައް ރަސްމާލެއަށް ބަދަލުކުރަން ޖެހިދާނެ ކަމަށެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ މާލެ ރަށްވެހިންގެ ޖަމިއްޔާއިން މުއިއްޒުއަށް ފޮނުވި ސިޓީއެއްގައި ބުނީ މުއްތަލިބުގެ ދެއްކެވި ވާހަކައަކީ ރިޔާސީ ވައުދާ ހިލާފަށް ދެއްކެވި ވާހަކައެއް ކަމަށާއި ގޯތި ލިބުނު ރަށް ނޫން ތަނަކަށް ގޯތިތައް ބަދަލު ކުރުމަކީ ބޭއިންސާފެއް ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން މާލޭގެ ރަށްވެހިން ބިންވެރިޔާ ސްކީމަށް ފޯމުލީ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ގޯތި ދިނުމަށް ހުޅުވާލި ފުރުސަތަކަށް. އެހެން ކަމުން އެ ތިން ބިން ފިޔަވާ އެހެން ތަނަކުން ގޯތި ބަދަލު ކުރުމަކީ އެ ފަރާތްތަކަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް މި ޖަމިއްޔާއިން ދެކެން،" އެ ޖަމިއްޔާއިން މުއިއްޒުއަށް ފޮނުވި ސިޓީގައި ބުންޏެވެ.
ބިންވެރިޔާ ސްކީމްގައި ހިމެނޭ ގިރާވަރު ފަޅާއި ހުޅުމާލެ ފޭސް 3 އިން ބިން ލިބިފައިވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ އަދިވެސް ލިބިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ވެސް އެ ޖަމިއްޔާއިން މުއިއްޒުއާ ވަނީ ހިއްސާކޮށްފަ އެވެ.
މިދިޔަ ސަރުކާރުން ގިރާވަރުން 5186 ގޯތި ދޫކުރަން ނިންމާފައިވެ އެވެ. އޭގެތެރެއިން 1114 ގޯތި މި ސަރުކާރުން ވަނީ ގުޅީފަޅަށް ބަދަލުކޮށްފަ އެވެ. އެހެންކަމުން ގިރާވަރުން ދޫކުރަން ޖެހޭ ގޯތީގެ އަދަދަކީ 4072 އެވެ.
ނަމަވެސް މި ސަރުކާރުން އެތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު ގިރާވަރުން ދޫކުރެވެނީ 3462 ގޯތި ކަމަށާއި ބާކީ 610 ގޯތި ގިރާވަރު ފަޅުން ދެވޭނެ ގޮތެއް ނެތް ކަމަށް މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ.
ގޯތި ލިބުނު ތަނަކުން ގޯތި ދޫކުރުމަށް މުއިއްޒު އެތައް ފަހަރަކު ވައުދުވެވަޑައިގެންނެވި އެވެ. މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވެސް މުއިއްޒު އެ ވައުދުވެވަޑައިގަތެވެ.
މުއިއްޒުގެ ރިޔާސީ ވައުދާ ހިލާފަށް ރަސްމާލެއަށް ގޯތި ބަދަލުކުރާތީ ކަންބޮޑުވުން މުއިއްޒުގެ ރިޔާސީ ވައުދާ ހިލާފަށް ރަސްމާލެއަށް ގޯތި ބަދަލުކުރާތީ ކަންބޮޑުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ