ޕޯޗުގަލް އިން ފުރަތަމަ ފަހަރަށް 17 އަަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފި ޕޯޗުގަލް އިން ފުރަތަމަ ފަހަރަށް 17 އަަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފި

ދޯހާ، ގަަތަރު (ނޮވެމްބަރު 28) - ފައިނަލުގައި އޮސްޓްރިއާގެ މައްޗަށް 1-0 އިން ކުރިހޯދައި ޕޯޗުގަލް އިން ފުރަތަަމަ ފަހަރަށް ފީފާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ ޕޯޗުގަލް އިން މި މުބާރާތުގައި ވާދަކުރި ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން އެ ޓީމުން މި މުބާރާތުގައި ނެރުނު އެންމެ ރަނގަޅު ނަތީޖާ އަކީ، 1989 ވަނަ އަހަރު ސްކޮޓްލެންޑްގައި ބޭއްވި މުބާާރާތުގައި މުޅިން އަލަށް ވާދަކޮށް އެ މުބާރާތުގެ ތިން ވަނަ ހޯދުމެވެ.
ގަތަރުގައި މި ފަހަރު ކުރިއަށްދިޔަ ފީފާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ޕޯޗުގަލް ހިމެނުނީ، ގްރޫޕް ބީގަ އެވެ.
އެ ގްރޫޕްގައި ފުރަތަމަ މެޗުން ނިއު ކެލަޑޯނިއާ އަތުން 6-1 އިން މޮޅުވެ، ދެ ވަނަ މެޗުން، މޮރޮކޯ އަތުން 6-0 އިން މޮޅުވި ނަމަވެސް، ތިން ވަނަ މެޗުން ޖަޕާން އަތުން 2-1 އިން ބަލިވުމުން، ދެ ވަނަ ބުރަށް ދިޔައީ ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.
ގަދަ 32 ޓީމުގެ ބުރުގައި ޕޯޗުގަލް އިން ވަނީ 2-1 އިން ބެލްޖިއަމް ބަލިކޮށްފަ އެވެ. އަދި، ގަދަ 16 ބުރުގައި މެކްސިކޯ އަތުން 5-0 އިން މޮޅުވިއިރު، ކުއާޓާ ފައިނަލުގައި ވަނީ ސްވިޒަލެންޑް އަތުން 2-0 އިން މޮޅުވެފަ އެވެ.
ސެމީ ފައިނަލުގަައި ބްރެޒިލާ ކުޅެގެން 0-0 އިން އެއްވަރުވެ، ޕެނަލްޓީގައި ޕޯޗުގަލް މޮޅުވީ 6-5 އިންނެވެ. އަދި، ފައިނަލުގައި، ރެއިސް އަނިސިއޯ ކަބްރާލްގެ ގޯލުން މޮޅުވެ، ޕޯޗުގަލް އިން މި ވަނީ އުމުރުފުރާ ލެވަލްގައި ފީފާ ވޯލްޑް ކަޕެއްގެ ތަށި ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ