އައްޑޫ ސިޓީ ފުލުހުންނާއި އައްޑޫ ސިޓީގައި މަސައްކަތްކުރަމުން އަންނަ ސައުތު ޕޮލިސްގެ ސްޕެޝަލިސްޓް ޓީމުތަކުގެ ފުލުހުން 2024 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ‘’ތިން ބްލޫ ލައިން- އަ ސައުތު ސައިޑް ސެލެބްރޭޝަން” ގެ ނަމުގައި ސްޓާފް އެޕްރިސިއޭޝަން ނައިޓް އައްޑޫ ސިޓީގައި ބާއްވައިފިއެވެ.
އެޕްރީލް 16 ވަނަ ދުވަހުގެ ރޭ ގަން އީކުއޭޓަރ ވިލެޖުގެ ބްލޫ ލެގޫންގައި ބޭއްވި މި ހަފުލާ ޝަރަފުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.
މި ހަފްލާގައި ވާހަކަދައްކަމުން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ފުލުހުންގެ މަސައްކަތްތަކަކީ ވަރަށް މާތް މަސައްކަތެއްކަމާއި، ތެދުވެރިކަމާއި އިންޓެގްރިޓީއާއެކު މަސައްކަތްކުރުމަށް ހުރިހާ ފުލުހުންގެ ފަރާތުން އެދިފައެވެ.. އަދި ފުލުހުންގެ މަސައްކަތުގެ އަގުވަޒަންކުރުމަކީ ގިނަ ފަހަރަށް ނުކުރެވި ދޫކޮށްލެވޭ ކަމެއް ކަމަށާ ނަމަވެސް މިފަދަ ހަފުލާއަކުން، ސައުތު ޕޮލިސްގެ ހުރިހާ ފުލުހުންނާ ބައްދަލުވެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނުކަން ފާހަގަކުރައްވާފައެވެ. އަދި ސައުތު ޕޮލިސްގެ މުވައްޒަފުންނަކީ ވަރަށް ނަމޫނާ މަސައްކަތްތަކެއް ކުރަމުން އަންނަ މުވައްޒަފުންކަން ފާހަގަކޮށް އަލީ ޝުޖާއު ވަނީ ޝުކުރު އަދާކޮށްފައެވެ.
މި ހަފުލާގައި، ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ޝަމީމް ވަނީ ސައުތު ޕޮލިސްގެ ތަރައްގީއަށް ކުރެވިފައިވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި ރީޖަންގެ ތެރޭގައި ހަމަޖެހިފައިވާ އެކިއެކި ނިޒާމުތަކުގެ ސަބަބުން މަސައްކަތަށް ލިބިފައިވާ ފަސޭހަކަމާއި ކުރިއެރުންތައް ހިއްސާކޮށް ސައުތު ޕޮލިސްގެ ތަރައްގީއާއި ކުރިއެރުމަށް އެކި ދައުރުތަކުގައި މަސައްކަތްކޮށްދެއްވީ ފުލުހުންނަށް ޝުކުރު އަދާކުރެއްވިއެވެ.
މި ހަފުލާގައި، އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންނާއި ސައުތު ޕޮލިސްގެ އެކި ޔުނިޓުތަކުގައި އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން އެންމެ ރަނގަޅަށް މަސައްކަތްކޮށްފައިވާ ފުލުހުންނަށާއި އެންމެ ރަނގަޅަށް މަސައްކަތްކޮށްފައިވާ އާއްމު މުވައްޒަފުން އަދި ޓެކްނިކަލް މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފައިވެއެވެ. އަދި ޑިޕާޓްމަންޓުތަކާއި ޔުނިޓުތަކުން ކޮށްފައިވާ މަސައްކަތުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފައިވެއެވެ.
ފޭދޫގައި ގާއިމުކުރާ ރީޖަނަލް ހެޑް ކުއާޓާސްގައި ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފި މަސްތުވާތަކެއްޗާއެކު ދެބެން ހައްޔަރުކޮށްފި އުރީދޫއިން މަހަކަށް 120 ޖީބީ ލިބޭ ޑާޓާ ޕެކޭޖު ވަރަށް ސަޅި! ބަނޑަށް 9މަސް ފުރިފައިހުރި މާބަނޑު އަނބިމީހާ މަރާލައިފި މަގުބޫލު ލިޔ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ