ޢަރަފާތު ދުވަހު އެންމެ ގިނައިން ދުޢާކޮށް އެދެންވީ ކަންތައް!

އެއްވެސް ޝައްކެއް ނެތެވެ. ޢަރަފާތު ދުވަހަކީ ދުނިޔެއަށް އިރުއަރާނެ އެންމެ މާތް އެންމެ މަތިވެރި ދުވަހެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ޤަދަރު އުފުލިގެންވާ ދުވަހެވެ. ޢަރަފާތު ދުވަހު ކުރަން އޮތް އެންމެ ޚާއްޞަކަމަކީ އެދުވަހު ރޯދައަށް ހުރުމާއި ވީހައި ގިނައިން ހެޔޮ ޢަމަލުތައްކުރުމާއި ވީހާ ގިނައިން ދުޢާކުރުމެވެ.  
ޢަރަފާތު ދުވަހު އެންމެ ގިނައިން ކުރަން އޮތް ދުޢާ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ހަދީޘްފުޅުކުރައްވަވައިފައެވެ. އެދުޢާއަކީ:  
لا إله إلا الله وحدهُ لا شريك لهُ، لهُ الملكُ ولهُ الحمدُ، وهو على كل شيءٍ قدير 
މިދުޢާއަށްފަހު އެންމެ ގިނައިން ދުޢާކޮށް އެދެންވީ ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުމަށެވެ. ނަރަކައިން ސަލާމަތްކޮށް ދެއްވެވުމަށެވެ. ދުނިޔެއިން އެމީހަކު ބޭނުންވާ ކަންކަމަށް އެދިގެން ދުޢާކުރަންވީ 3 ވަނައިގައެވެ.  
މިހެން މިބުނާ ސަބަބަކީ އެއްވެސް މީހަކަށް ﷲ ތަޢާލާ ފާފަފުއްސވައި ދެއްވަވައިފިނަމަ ހަމައެކަނި އެމީހަކު ސުވަރުގެވައްދަވާނީއެއް ނޫނެވެ. ދުނިޔޭގައިވެސް އެމީހަކަށް ހެޔޮރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ