އެލީޓް ރަނާސް މޯލްޑިވްސްއިން ބާއްވާ 'ހުޅުމާލެ ރަން' ފެށެން މަހަކާ ކައިރިވެއްޖެ އެވެ. މި ރޭސް ފެށުމާއި ނިންމުން އޮންނާނީ 4 ޖުލައިގައި ހުޅުމާލޭ ސެންޓްރަލް ޕާކްގަ އެވެ.
އެޗުޑީސީން މައި ޕާޓްނަރަކަށް ވެފައި އޮތް މި ހާއްސަ ރޭހުގައި 10 ކިލޯމީޓަރާއި 5 ކިލޯމީޓަރު އަދި އެއް މޭލުގެ ރޭސް ހިމެނެ އެވެ. މިއިން ކޮންމެ ބަޔަކުން ވެސް ދެ ޖިންސް ވަކިން ވަނަ ހޮވައި ގިނަ އިނާމުތަކެއް ވަނީ ހުށައަޅައިފަ އެވެ.
ދުވުމުގެ ތެރެއަށް ވަންނަ ދިވެހިންގެ އަދަދު ގިނަވަމުން އަންނަ އިރު ރޭހެއްގައި ދުވެލުމުގެ ތަޖުރިބާ ވެސް ވަރަށް މުހިންމެވެ. އެހެންވެ ބައެއް އުމުރުތަކުގެ ދުވުންތެރިންނަށް ހިތްވަރަކަށް ވާނެ ފަދަ އިންތިޒާމްތައް ވެސް އެލީޓް ރަނާސްއިން ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން 10 ކިލޯމީޓަރު ރޭހުގައި 41 އަހަރުން މަތީގެ ބައެއް ހިމަނައި އެއީ މާސްޓާ ކެޓެގަރީ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އެ އުމުރުގެ ދުވުންތެރިންގެ ތެރެއިން ވެސް ދެ ޖިންސް ވަކިން ވަނަ ހޮވަ އެވެ.
ހުޅުމާލެ ރަންގައި ހިމެނޭ އިވެންޓްތައް ބެހިފައިވާ ގޮތާއި ބައިވެރިވާން ދައްކަން ޖެހޭ ފީ:
10 ކިލޯމީޓަރުގެ ރޭސް: 420ރ
5 ކިލޯމީޓަރުގެ ރޭސް: 310ރ
1 މޭލު ރޭސް (12 އަހަރުން ދަށް): 150ރ
5 ކިލޯމީޓަރުގައި 13-17 އަހަރާ ދެމެދުގެ ދުވުންތެރިންނަށް ހާއްސަ ބައެއް އޮވޭ
10 ކިލޯމީޓަރުގައި 41 އަހަރުން މަތީގެ ދުވުންތެރިންނަށް މާސްޓާ ކެޓެގަރީ ވެސް ހިމެނޭ
ހުޅުމާލޭ ރަންގެ 10 ކިލޯމީޓަރާއި 5 ކިލޯމީޓަރުގެ ރޭސް ފަށާނީ ހެނދުނު 6:00ގަ އެވެ. ކުޑަކުދިންނަށް ހާއްސަ 1 މޭލުގެ ރޭސް 7:00ގަ އެވެ.
އެލީޓް ރަނާސްއިން ވަނީ ރޭހުގެ ކައުންޓްޑައުން މިއަދު ފަށައިފަ އެވެ. ރޭހުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް އޮތުމުން އޭގެ ބޭނުން ހިފަން ވެސް އެދުނެވެ.
މިއީ ހުޅުމާލޭގައި މިހާރު ބާއްވަމުން އަންނަ ވާދަވެރި ރޭސްތަކުގެ އެއް ރޭހެވެ. އެއިން ކޮންމެ ރޭހެއްގައި ބައިވެރިވާ ދުވުންތެރިންގެ އަދަދު އަންނަނީ ގިނަވަމުންނެވެ.
ހުޅުމާލެ ރަންގައި ބައިވެރިވާ ދުވުންތެރިންގެ ތެރެއިން 25 ނަސީބު ނަންބަރު ނަގަ އެވެ. އެގޮތުން އެއްވަނަ ނަސީބު ނަންބަރަށް ބަޓިކް އެއާލައިންއިން މެލޭޝިއާއަށް ދެކޮޅު ޓިކެޓް ލިބެ އެވެ.
މި ރޭހުގެ ޓްރެވަލް ޕާޓްނަރަކީ ބަޓިކް އެއާލައިންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓް ކަމަށްވާ ކޮންސިއާޖް ގްެރޫޕް މޯލްޑިވްސް އެވެ.
ނަސީބުވެރިންނަށް ލިބޭ އިނާމުތަކުގެ ތެރޭގައި:
އެކަކަށް މެލޭޝިއާއަށް ދެކޮޅު ޓިކެޓް ހިލޭ
އެކަކަށް މެލޭޝިއާގެ ދެ ކޮޅު ޓިކެޓް %50 ޑިސްކައުންޓަކާ އެކު
ސެމްސަންގް ކިޔޫލެޑް ޓީވީއެއް
ޑެލް ބްރޭންޑްގެ ލެޕްޓޮޮޕެއް
ކަރޯކޭ ސިސްޓަމެއް
'ހުޅުމާލެ ރަން' ފެށެން މަހެއް، އަދިވެސް ފުރުސަތު އެބަ އޮތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ