ސިއްހީ ތައުލީމު ހަރުދަނާކުރަން އެމްއެންޔޫ އާއި އޮސްޓްރޭލިއާ ގުޅިއްޖެ

އޮސްޓްރޭލިއާ އެވޯޑްސް ފެލޯޝިޕްސް (އޭއޭއެފް) ޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ ސިއްހީ ތައުލީމުގެ ގާބިލްކަން އިތުރުކުރުމަށް އާ މަޝްރޫއެއް ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެމްއެންޔޫން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، 'ޑިވެލޮޕްމެންޓް އޮފް ހެލްތު ޕްރޮފެޝަން އެޑިއުކޭޝަން ކެޕޭސިޓީ އިން ދަ މޯލްޑިވްސް'ގެ ނަމުގައި ހިންގާ މި މަޝްރޫއަކީ ފްލިންޑާސް ޔުނިވަސިޓީ (އެފްޔޫ)، ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އަދި އޮސްޓްރޭލިއާ ސަރުކާރުގެ ހާރިޖީ ކަންކަމާއި ވިޔަފާރީގެ ވުޒާރާ (ޑީއެފްއޭޓީ) ގުޅިގެން ހިންގާ މަޝްރޫއެކެވެ.
ތަފްސީލް - މި ފެލޯޝިޕް ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ސިއްހީ ތައުލީމީ ދާއިރާގެ ބޭފުޅުންނާއި ސިއްހީ މަސައްކަތްތެރިންނަށް ސިއްހީ ތައުލީމުގެ ގާބިލްކަން އިތުރުކުރުމަށް ހާއްސަކޮށްގެން އޮސްޓްރޭލިއާގައި ހިންގާ ޕްރޮގްރާމުގައި ބައިވެރިވެވޭނެ އެވެ. އޭގެ ތެރޭގައި:
އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސް
ސްކޫލް އޮފް ނާސިން 
ސްކޫލް އޮފް މެޑިސިން
މި ޕްރޮގްރާމްގައި ހިމެނޭ މުހިންމު ހަރަކާތްތަކުގެ ތެރޭގައި:
ދިވެހި ފެލޯޝިޕް ބައިވެރިން އޮސްޓްރޭލިއާގެ ކްލިނިކަލް އަދި ތައުލީމީ ދާއިރާގެ ބޭފުޅުންނަށް ރާއްޖޭގެ ސިއްހީ ހިދުމަތް ދިނުމުގެ ނިޒާމާއި މިހާރުގެ ތައުލީމީ ގޮތްތަކާއި މުސްތަގުބަލުގެ އުންމީދުތަކުގެ މައްޗަށް މައުލޫމާތު ދިނުމުގެ ސެޝަންތައް
އޮސްޓްރޭލިއާގެ ސިއްހީ ތައުލީމުގެ މާހިރުން ހިންގާ މާސްޓަކްލާސްތަކާއި ސެމިނާތަކާއި ވޯކްޝޮޕްތައް
އޮސްޓްރޭލިއާ އެންޑް ނިއުޒިލޭންޑް އެސޯސިއޭޝަން އޮފް ހެލްތު ޕްރޮފެޝަންސް އެޑިއުކޭޝަން (އޭއެންޒެޑްއޭއެޗްޕީއީ) ކޮންފަރެންސްގައި ބައިވެރިވުން
ސިއްހީ ހިދުމަތާއި ތައުލީމުގެ އެކި ތަންތަނަށް ގޮސް ބަލާލުމުގެ ދަތުރުތައް
މި ފެލޯޝިޕްގެ އެންމެ މުހިންމު އެއް ކަމަކީ، އެމްއެންޔޫން ބުނި ގޮތުގައި، ރާއްޖޭގެ ސިއްހީ ތައުލީމު އިތުރަށް ހަރުދަނާކުރުމަށް އަމާޒުކޮށްގެން 18 މަސްދުވަހުގެ ގުޅިފައިވާ ގްރޫޕް ޕްރޮގްރާމެއް ތަރައްގީކުރުމެވެ. މި ޕްރޮގްރާމުގައި ދިރާސާގެ ކޮމްޕޯނެންޓެއް ހިމެނޭނެކަން އެމްއެންޔޫން ފާހަގަކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ