އެޑިއުކޭޝަން އެކްސްޕޯގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

އެޑިއުކޭޝަން އެކްސްޕޯ 2025ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން މިއަދު ސޮއިކޮށްފިއެވެ. ރާއްޖޭގައި ބާއްވާ ތައުލީމީ ދާއިރާއަށް ޚާއްސަ އެންމެ ބޮޑު އެކްސްޕޯ ކަމަށްވާ މި އެކްސްޕޯ ކުރިއަށްދާނީ މި މަހުގެ 20ވާ ހުކުރު ދުވަހުން ފެށިގެން 21ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ބާސެލޯ ނަސަންދުރައިގައެވެ. ކިއު ސްޓަޑީ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ މި އެކްސްޕޯއަކީ ތައުލީމީ ގޮތުން ހުރި ފުރުސަތުތައް، އަންނަން އޮތް ޖީލުތަކަށް ފަހި ކޮށްދިނުމުގެ މަގުސަދުގައި ބާއްވާ އެކްސްޕޯއެއް ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން، މި އެކްސްޕޯގައި ބައިނަލްއަގުވާމީ އެކި ޔުނިވާސިޓީތަކާއި، ތައުލީމު ފޯރުކޮށްދޭ ފަރާތްތަކާއި ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މުހިންމު ބައެއް ސްޓޭކްހޯލްޑަރުން ގެ ބައިވެރިވުން ފެނިގެންދާނެކަމަށް ދިރާގުން ވަނީ ބުނެފައެވެ. އެ ކުންފުނިން ބުނީ، މި އެކްސްޕޯގައި ދިރާގު ގޭމާސް ގިލްޑްއިން ޚާއްސަ ޔޫތު އެކްޓިވޭޝަން ޒޯނެއް ހިމަނާފައިވާ ކަމަށެވެ. އެ ޒޯނުގައި ހުރިހާ އުމުރުފުރާއަކަށް ވެސް ބައިވެރިވެވޭފަދަ ހަރަކާތްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ދިރާގުން ވަނީ ބުނެފައެވެ. އެ ގޮތުން، އެ ޒޯނުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި: އެފްސީ25 ޒޯނެއް މައިންކްރާފްޓް އެސްޓްރޯ ބޮޓް ބްރޯލްހަލާ ކުޑަކުދިންނަށް ޚާއްސަ ޒޯނެއް ސްޓްރީޓް ފައިޓާ 6 މޯޓަލް ކޮމްބަޓް 1 ނަރޫޓޯ އެކްސްއާ އެކު ފައިޓިން ގޭމް ޒޯނެއް ޕަވްލޯވް ޝެކް އަދި ބީޓް ސޭބާއާ އެކު ވީއާރު ޒޯނެއް ގްރޭން ޓުރިޒްމޯއާ އެކު ރޭސިން ސިމިއުލޭޝަން ޒޯނެއް ދިރާގުން ބުނީ, މި ޒޯނަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ވެސް މި ހުރިހާ ގޭމްތަކެއްގައި މުޅިން ހިލޭ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ކުންފުނިން އަންނަނީ ތައުލީމީ އެކި ފުރުސަތުތައް ފަހިކޮށްދިނުމަށާއި ޒުވާނުން ބާރުވެރިކުރުމަށް ހިންގާ އެކިއެކި ހަރަކާތްތަކުގައި އެންމެ ކުރީސަފުގައި ބައިވެރިވެ އެއްބާރުލުންދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ