"މިއީ އޭޕްރީލް ފޫލްސް ޖޯކެއްގެ ގޮތުގައި ފެށުނު ކަމެއް، އެކަމަކު ދެން ވިސްނުނީ ކީއްވެހޭ އެކަން ހަގީގަތަކަށް ނުހަދަންވީ؟" ހައިސްމައިލްގެ މާކެޓިން މެނޭޖަރު ކޮބާން ޖޯންސް ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މީގެ ހަފުތާއެއް ކުރިން އެމެރިކާގެ މަޝްހޫރު ފާސްޓް ފުޑް ކުންފުނި ކޭއެފްސީ އިން ވަނީ މަގުބޫލު ދަތްއުނގުޅާބޭސް ބްރޭންޑު ހައިސްމައިލްއާ ގުޅިގެން ކޭއެފްސީގެ 11 ރަހައެއް ހިމެނޭ ދަތްއުނގުޅާބޭސް ނެރެފަ އެވެ.
ކޭއެފްސީއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ކޭއެފްސީގެ އޮރިޖިނަލް ކުކުޅު ރެސިޕީ އެކުލެވޭ މި ދަތްއުނގުޅާބޭސް ބޭނުން ކޮށްލުމުން އެ ރަހައިން ދަތްއުނގުޅައި، އަނގަ ތާޒާވެ ސާފުކަން އިހުސާސް ކޮށްދޭނެ އެވެ. ދަތްއުނގުޅާބޭހާ އެކު ބޭނުން ނަމަ އިލެކްޓްރިކް ދަތްއުނގުޅާ ބުރުހެއް ވެސް ހައިސްމައިލްގެ ވެބްސައިޓުން ގަންނަން ލިބެ އެވެ.
ޓިކްޓޮކް ފަދަ ސޯޝަަލް މީޑިއާ ޕްލެޓްފޯމްތަކުގައި މީހުން މި އުފެއްދުމުގެ އަޖުމަ ބަލައި އެކި ރިވިއުތައް ދޭތަން މިހާރު ފެންނަން އެބަހުއްޓެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މި ދަތްއުނގުޅާބޭހުގައި ހަގީގަތުގައި ވެސް ލަނީ ކޭއެފްސީގެ ކުކުޅު ރަހަ އެވެ.
ފަހަކަށް އައިސް މަޝްހޫރު ފާސްޓް ފުޑް އަދި ކާބޯތަކެތި އުފައްދާ ބްރޭންޑުތަކުން އަންނަނީ މިފަދަ އާދަޔާހިލާފު ސްޓަންޓުތައް ޖައްސަމުންނެވެ. އެގޮތުން މަގުބޫލު ޕްރެޓްޒެލް އުފައްދާ ކުންފުނި އާންޓީ އޭންސްއިން ޕްރެޓްޒެލް ވަސް ދުވާ ސެންޓުފުޅިއެއް ނެރެފައިވެ އެވެ. އަދި ކްރަމްބަލް ކުކީ އާއި ޑަވް ގުޅިގެން ކުކީ ވަސް ދުވާ ފެންވަރާ ސައިބޯންޏެއް ވެސް މިދިޔަ އަހަރު ނެރުނެވެ.
ކޭއެފްސީގެ ތެލުލި ކުކުޅު ރަހަދޭ ދަތްއުނގުޅާބޭހުން ދަތް އުނގުޅާނަންތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ